ރާއްޖޭގެ ޒުވާން ގައުމީ ޓީމް
ރާއްޖޭގެ ޒުވާން ގައުމީ ޓީމް
ކުޅިވަރު 30 Oct 2026 | 18:50

15 އަހަރުން ދަށުގެ ވޯލްޑް ކަޕް: ރާއްޖެ ކާމިޔާބަކުން މުބާރާތް ނިންމާލައިފި

15 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕް އެންޑް ފެސްޓިވަލް 2026 ގެ ފަހު މެޗުގައި ރާއްޖޭގެ ޒުވާން ގައުމީ ޓީމުން ކާމިޔާބީ ހޯދާ ފުރަތަމަ މޮޅާއެކު މުބާރާތް ނިންމާލައިފި އެވެ.

އަޒަރުބައިޖާނުގައި ކުރިއަށްދިޔަ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ރާއްޖެ މިއަދު ކުޅުނީ ބްރިޓިޝް ވާޖިން އައިލެންޑްސްއާ ދެކޮޅަށެވެ. މި މެޗު 2-0 ކާމިޔާބުކޮށް ރާއްޖެއިން ވަނީ މުބާރާތުގެ ފުރަތަމަ މޮޅު ހޯދާފަ އެވެ.

މި މުބާރާތުގައި ރާއްޖެއިން ފަސް މެޗެއް ކުޅުނެވެ. ނަމަވެސް ކުރީން ކުޅުނު ހަތަރު މެޗުން ކާމިޔާބު ހޯދޭ ގޮތެއް ނުވި އެވެ. އެއް މެޗް އެއްވަރުވި އެވެ. އަންގީލާއާ ވާދަކޮށް އެއްވަރުވީ 3-3 ގެ ނަތީޖާ އަކުންނެވެ.

ފްރާންސް އާއި އެސްޓޯނިއޯ އަދި އަންގީލާ އާއި ދެކުނު އެފްރިކާގެ އިތުރުން ކޮސޯވޯ ހިމެނޭ ގުރޫޕުން ރާއްޖެ ހޯދި ކާމިޔާބީއާއެކު ރާއްޖެ ވަނީ ރޭކިންގެ 159 އަށް ކުރީން ޖެހިލާފަ އެވެ. ކުރީން އޮތީ 189 ގަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް