ވިލިމާލެއާ ގުޅިފަޅު ބްރިޖުން ގުޅާލައިފި
މިހާރު ކުރިއަށްދާ ތިލަމާލެ ބުރިޖު އެޅުމުގެ މަސައްކަތުގެ ތެރެއިން ބްރިޖުން ވިލިމާލެ އާއި ގުޅިފަޅު ގުޅާލައިފި އެވެ.
ބްރިޖު މަޝްރޫއުގައި ހޯދުނު މި ކާމިޔާބީ ފާހަގަކޮށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވަނީ މަޝްރޫއު ހިންގާ އިންޑިއާގެ އެފްކޮންސް ކުންފުންޏަކާއި ބްރިޖު މަޝްރޫޢުގެ ޓީމަށް މަރުހަބާ ވިދާޅުވެފަ އެވެ.
މިއީ ތިލަމާލެ ބްރިޖު މަޝްރޫގައި ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމުގައި ވިދާޅުވި އެވެ. މާލެއާ ވިލިމާލެ ބްރިޖުން ގުޅާލާފައިވާއިރު މިއަދު ވިލިމާލެ އާއި ގުޅިފަޅު ބްރިޖުން ގުޅާލެވުމަކީ މުހިންމު ކާމިޔާބެއް ކަމުގައި ވިދާޅުވި އެވެ.
ވަޒީރުގެ ޕޯސްޓްގައި މި މަޝްރޫއުއަށް އިންޑިއާ ސަރުކާރުން ދެއްވާ ސަމާލުކަމާއި އެހީތެރިކަމާއި އެއްބާރުލުން ފާހަގަ ކުރައްވާ ޝުކުރުއަދާކުރެއްވި އެވެ.
Bridge update @Hameedh Adam
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް