އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމު؛ ފޮޓޯ / އައިއެފްއެފް
އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމު؛ ފޮޓޯ / އައިއެފްއެފް
ކުޅިވަރު 26 Sep 2026 | 11:52

ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި

ލިޔުންތެރިޔާ

އަޙްމަދު އާހިލް ސަޢީދު

ނޮވެމްބަރު މަހު ބަންގްލަދޭޝްގައި އޮންނަ ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާ ތަމްސީލުކުރާނީ 23 އަހަރުން ދަށުގެ ޓީމު ނުވަތަ ރިޒާވް ސްކޮޑެއް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ސާފް ޗެމްޕިއަންޝިޕް ކުޅުމަށް ހަމަޖެހިފައިވާ މުއްދަތުގައި އަންނަ ނޮވެމްބަރު މަހުގެ 12 އަދި 15 ވަނަ ދުވަހު ސީނިއާ ޓީމުން ނިއުޒިލެންޑާ ދެކޮޅަށް ދެ އެކުވެރިކަމުގެ މެޗު ކުޅުމަށް ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އޭއައިއެފްއެފްގެ އިސް އޮފިޝަލަކާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައިވަނީ، ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެ ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕަށް ޒުވާން ޓީމު ފޮނުވުމަކީ އިންޑިއާއިން އަލަށް ކުރަން ނިންމި ކަމެއް ނޫނެވެ. 2009 ވަނަ އަހަރާއި 2018 ވަނަ އަހަރު ވެސް އެ ޤައުމުން ޒުވާން ޓީމު ފޮނުވިއެވެ.

އެ ދެ ފަހަރު ވެސް ފައިނަލުގައި ރާއްޖެއާ ބައްދަލުކުރިއިރު 2009 ގައި ޕެނެލްޓީ ޝޫޓްއައުޓުގައި އިންޑިއާ މޮޅުވިއެވެ. ނަމަވެސް 2018 ގެ ވަނަ އަހަރުގެ ފައިނަލުގައި ރާއްޖެއިން ވަނީ އިންޑިއާ ބަލިކޮށް ޗެމްޕިއަންކަން ހޯދާފައެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖެއާއި އިންޑިއާ އަދި ޕާކިސްތާނު ހިމެނެނީ ގްރޫޕް ބީގައެވެ. ގްރޫޕް އޭގައި ވާދަކުރާނީ މުބާރާތް ބާއްވާ ބަންގްލަދޭޝް އާއި ބޫޓާން އަދި ސްރީލަންކާއެވެ.

ދުރު ރާސްތާ ޕްލޭނެއްގެ ދަށުން ފެންވަރު ރަނގަޅު ޓީމުތަކާ ކުޅެން އިންޑިއާއިން އަންނަނީ މަސައްކަތްކުރަމުންނެވެ. މި ބައިނަލްއަޤުވާމީ ބްރޭކުގައި އެ ޓީމުން ޕެނަމާއާ ދެކޮޅަށް 1-1 އިން އެއްވަރުކޮށްފައިވާއިރު އަންނަ މަހުގެ ތިންވަނަ ދުވަހު ދުނިޔޭގެ ފަސްވަނައިގައި އޮތް ބްރެޒިލްއާ އަދި ހަވަނަ ދުވަހު އުރުގުއޭއިއާ ދެކޮޅަށް ވެސް ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
11 Oct 2026 ދުނިޔެ

އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި

ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ އެއާލައިންގެ ފްލައިޓެއްގައި ފަސިންޖަރެއްގެ ޕަވާ ބޭންކެއްގައި ވައިގެ ތެރޭގައި ރޯވުމާ ގުޅިގެން، ހައިދްރާބާދުގެ ރާޖީވް ގާންދީ އިންޓަނޭޝަނަލް އެއާޕޯޓަށް ކުއްލި ހާ...

ޖައިޝަންކަރުގެ އެފްރިކާ ދަތުރުފުޅު ނިންމަވާލައްވައިފި
11 Oct 2026 ދުނިޔެ

ޖައިޝަންކަރުގެ އެފްރިކާ ދަތުރުފުޅު ނިންމަވާލައްވައިފި

އިންޑިއާ އާއި އެފްރިކާ ޤައުމުތަކާ ދެމެދު އޮތް ޒަމާންވީ ގާތްގުޅުން އިތުރަށް ބަދަހިކުރުމުގެ މަޤްޞަދުގައި، އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް. ޖައިޝަންކަރު އެފްރިކާގެ ތިން ޤައުމަކަށް ކުރެއްވި ރަސްމީ ދަތުރ...

ސީޖޭޕީގެ ލީޑަރުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި
11 Oct 2026 ދުނިޔެ

ސީޖޭޕީގެ ލީޑަރުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި

ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ގެ ތިން ލީޑަރުން ކަމަށްވާ ދިޕްކޭ އާއި އެ ޕާޓީގެ 2 ތަރުޖަމާނުން ދޫކޮށްލުމަށް ނިއުދިއްލީގެ ކޯޓުން އަމުރުކޮށްފިއެވެ. މި 3 މީހުން ހައްޔަރުކުރީ އިއްޔެ އެ މީހުން ދިއްލީގައި ބާއ...

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...