N/A
N/A
ހަބަރު 24 Sep 2018 | 00:41

އިބްރާހިމް މުހައްމަދު ސާލިހް އިންތިޚާބު ކާމިޔާބު ކުރައްވައިފި

އާދިއްތަ ދުވަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް ކާމިޔާބު ކުރައްވައިފިއެވެ. އިބްރާހިމް މުހައްމަދު ސާލިހް ( އިބޫ ) އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ ނަތީޖާ އިއުލާންކުރަންފެށީއްސުރެ ކުރީގައި އޮވެ ވޯޓްގެ 58 ޕަސެންޓް ކާމިޔާބު ކުރައްވައިގެންނެވެ. މިއީ ރާއްޖޭގައި ޑިމޮކްރަސީ 2008 ވަނަ އަހަރު ތައާރަފްކުރީއްސުރެ މިހާނަތަށް ކެންޑިޑޭޓަކު ހޯއްދެވި އެންމެ ބޮޑު ކާމިޔާބެވެ. އެންމެ އާދަޔާއި ޚިލާފް ނަތީޖާއަކީ ކުރިން ޕީޕީއެމްގެ ޖަގަހަތައް ކަމުގައި އޮތް އަތޮޅު އަތޮޅާއި ރަށްރަށް އެމްޑީޕީގެ ރީނދޫކުލައިން ފުރާލުމެވެ. ރައީސް އަބްދުﷲ ޔާމީނަށް ރައްޔިތުންގެ ތާއީދު ލިބިވަޑައިގެންނެވީ ހަމައެކަނި މީމު އަތޮޅާއި ފާފު އަތޮޅުންނެވެ. މިނަތީޖާއަކީ ރައީސް އަބްދުﷲ ޔާމީން އެއްގޮތަކަށްވެސް ޚިޔާލުފުޅު ކުރައްވާފައިވާނެ ނަތީޖާއަކަށް ނުވާނެއެވެ. އެއީ ވޭތުވެދިޔަ ފަސް އަހަރުދުވަހުގެތެރޭގައި އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގެ އެއްވެސް ރައީސަކު ހިންގާފައިނުވާފަދަ ގިނަ ތަރައްގީގެ މަޝްރޫއުތަކާއި ބޮޑެތި އިންފްރާންސްޓްރަކްޗަރ މަޝްރޫއުތައް ހިންގާފައިވުމުން ރައްޔިތުން ތަރައްގީއަށް ވޯޓްދެއްވާނެކަމަށް ހީފުޅު ކުރެއްވިފައި އޮތުމެވެ. އެމަނިކުފާނަށް ފިކުރުފުޅު ހިންގަވާލެއްވިފައި ނުވަނީ އަނބިކަނބަލުން މެޑަމްފާތުންގެ އިރުޝާދުގެ ދަށުން ރަށު ކައުންސިލްތަކުގެ އިންތިޚާބުގައި ބޮޑު ފެއިލްވުމަކުން ފެއިލްވެފައިވުމާއެކުވެސް ރިޔާސީ އިންތިޚާބުފަދަ ސީރިއަސް އިންތިޚާބެއް އެކަމަނާ ވިލަރެސްކުރައްވަން ދޫކޮށްލައްވައިގެން ނުކުމެދާނެ ނަތީޖާއެކެވެ. ޕީޕީއެމްގެ ގިނަ ރަށްރަށުގައި ޕާޓީގެތެރޭގައި އުފެދިފައި އޮތް ބައިބައިވުން އެއީ އެންމެ ބޮޑު މުސީބާތެވެ.

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިބްރާހިމް މުހައްމަދު ސާލިހް ތިރީސް ހާހަށްވުރެ ގިނަ ވޯޓުން ކުރި ހޯއްދެވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޒުވާނުންގެ އެވޯޑަށް ހުޅުވާލައިފި، 22 ދާއިރާއިން ކުރިމަތިލެވޭނެ
23 Nov 2026 ހަބަރު

ޒުވާނުންގެ އެވޯޑަށް ހުޅުވާލައިފި، 22 ދާއިރާއިން ކުރިމަތިލެވޭނެ

ޒުވާނުންގެ އިނާމު ލިބޭ ފަރާތްތަކަށް ޚާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ދޭނެއެވެ.

ކުރިއަށް އޮތް ރޯދަމަހަށް މަސްދަޅުކޭސް ބެހުމަށް 86.8 މިލިއަން ރުފިޔާ
23 Nov 2026 ހަބަރު

ކުރިއަށް އޮތް ރޯދަމަހަށް މަސްދަޅުކޭސް ބެހުމަށް 86.8 މިލިއަން ރުފިޔާ

މިފަހަރު ރޯދައަށް މަސްދަޅުކޭސްބެހުމަށް 86.8 ރުފިޔާ ކަނޑައެޅިއިރު، 2028 ވަނަ އަހަރު މިއަދަދު 90.9 މިލިއަން ރުފިޔާ އަދި ޖެހިގެން އަންނަ އަހަރު 95.2 މިލިއަން ރުފިޔާ ހަރަދުވާނޭކަމަށް ވަނީ އަންދާޒާކޮށްފައެވެ.

އުނިޔާގޭގައި ރޯވުން: ހަތަރު ފަންގިފިލާއަށް ގެއްލުން، 23 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
23 Nov 2026 ހަބަރު

އުނިޔާގޭގައި ރޯވުން: ހަތަރު ފަންގިފިލާއަށް ގެއްލުން، 23 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

އެންމެ ބޮޑަށް ގެއްލުންވި ހަތަރު ވަނަ ފަންގިފިލާގައި ދިރިއުޅޭ ހަތް މީހަކަށް އަންނައުނުގެ އެހީތެރިކަން ވެސް މިހާރު ވަނީ ފޯރުކޮށްދީފައި ކަމަށް ބުންޏެވެ.

އައިޖީއެމްއެޗް ކުރިމަތީ ކޮންސްޓްރަކްޝަން ސައިޓެއްގެ ބިއްގަނޑު ވެއްޓި ބަޔަކަށް އަނިޔާވެއްޖެ
23 Nov 2026 ހަބަރު

އައިޖީއެމްއެޗް ކުރިމަތީ ކޮންސްޓްރަކްޝަން ސައިޓެއްގެ ބިއްގަނޑު ވެއްޓި ބަޔަކަށް އަނިޔާވެއްޖެ

މި ހާދިސާގައި އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ބައެއް ސައިކަލްތަކަށް ގެއްލުން ލިބުނެވެ. އަދި ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި
23 Nov 2026 ހަބަރު

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި

ފުލުހުން މައުލޫމާތު ދިންގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ކޫއްޑޫގައި މީހަކު މަސްތުވާތަކެތި ރައްކާކޮށް، ފުޅާދާއިރާއެއްގައި އެ ތަކެތި ވިއްކާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ގއ. ވިލިނގިލި ޕޮލިސް އަދި މާމެންދޫ ޕޮލިސް ގުޅިގެންނެވެ.

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް
23 Nov 2026 ހަބަރު

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ދުންފުހުގެ އަސަރު ކުރިއަށް އޮތް ތިން ދުވަހުވެސް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.