ގެދޮރު ދޫކުރެވޭ ގޮތަށް ރާއްޖޭގައި ފްލޯޓިންގް ރަށްތަކެއް ހެދުމަށް ސަރުކާރުން އެއްބަސްވެއްޖެ
މާލެއަތޮޅުގެ ފަސް ފަޅެއްގައި ފްލޯޓިންގް ރަށްތަކެއް ހެދުމަށް މި ސަރުކާރުން ނެދަލޭންޑްސްގެ ކުންފުންޏަކާއި އެކު އެއްބަަސްވުމެއްގައި ސޮއިކޮށްފިއެވެ.
ޑަޗްޑޮކްލޭންޑްސް ކުންފުންޏާއި ދިވެހި ސަރުކާރާއި ދެމެދު މި އެއްބަސްވުމުގައި ސޮއިކުރެވުުނުކަން ހާމަކުރައްވާފައިވަނީ ނެދަލޭންޑްސްގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ޖޮއެން ޑޮންވާޑެވެ.
ފާާހަގަކޮށްލެވޭ ގޮތުގައި ޑަޗްޑޮކްލެންޑްސްއިން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައިވެސް 2011 ވަނަ އަހަރު ވެސް މާލެ އަތޮޅު ފަސް ފަޅެއްގައި ފްލޯޓިން ރަށްތަކެއް ހެދުމަށް އެއްބަސްވެފައެވެ. ނަމަވެސް އެ މަސައްކަތް އޮތީ ކުރިއަށް ނުގޮސް ހުއްޓިފައެވެ.

މި މަޝްރޫއުގެ ތަފްސީލްތަކަށް ބަލާލާއިރު 80 މިލިއަން އަކަފޫޓުގެ ސަރަހައްދެއްގައި ޕްރައިވެޓް ރަށްތަކާއި ދިހަ މިލިއަން ޑޮލަރުގެ ވިލާތަކާއި ކަނޑުއަޑީގެ ޓަނަލަކުން ގުޅިފައިވާ 18 ހޯލްގެ ގޮލްފްކޯސް އަކާއި ކޮންފަރެންސް ހޯލަކާއި 185 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާ ހޮޓަލާއި ވަކިން އޮންނަ ރަށެއްގައި، މާލޭގައި ދިރިއުޅޭ މީހުންނަށް ގެދޮރު ހެދުން ވެސް ހިމެނެ އެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޓުއަރިޒަމް މިނިސްޓްރީއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް