ރާއްޖެއިން ޖުޒާމްބަލި ނައްތާލުމުގެ މަސައްކަތް ފަށަނީ
ދިވެހިރާއްޖެއިން ޖުޒާމްބަލި ނުވަތަ ލެޕްރަސީ ނައްތާލުމުގެ މަސައްކަތް ފަށައިފިއެވެ.
އެގޮތުން މިއަދު ހޮޓެލް ޖެންގައި އޮތް ރަސްމިއްޔާތެއްގައި ވަނީ "ފްރޭމްވޯކް ފޯ ޒީރޯ ލެޕްރަސީ" އިފްތިތާހުކޮށްފައެވެ. މި ފްރޭމްވޯކް އިފްތިތާހުކޮށްދެއްވީ ޑަބްލިޔުއެޗްއޯގެ ރީޖަނަލް ޑިރެކްޓާ ޑރ. ޕޫނަމް ކެތްރަޕަލް ސިންގް އެވެ.
މި ފްރޭމްވޯކަކީ ލެޕްރަސީ ނުވަތަ ޖުޒާމް ބަލި ނެތް ގައުމެއްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތްކުރާނެ ގޮތް ހިމަނާފައިވާ ފްރޭމްވޯކެކެވެ.
އެގޮތުން މި ފްރޭމްވޯކްގެ ޒަރިއްޔާއިން ޖުޒާމް ބަލި ނައްތާލުމަށް ކަމާއި ބެހޭ އެންމެހާ ފަރާތްތަކުން ގުޅިގެން ކުރާ މަސައްކަތް ހަރުދަނާ ވާނެކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް