ހިންނަވަރު މަގުހެދުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް
ޅ. ހިންނަވަރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރު.ޑީ.ސީއިން ބުނެފި އެވެ.
އާރު.ޑީ.ސީއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި ހިންނަވަރުގައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރަމުން އަންނަ މަގުތަކުގެ ތެރެއިން، ރޯޑް 13ގައި ކާރބް ސްޓޯން ޖެހުމުގެ އިތުރުން ނޫރާނީ މަގުގައި ދުވާރުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ހިންނަވަރު މަގުހެދުމުގެ މަޝްރޫއުގެ ދަށުން 7.1 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް ހަމަޖެހިފައިވާއިރު މިމަޝްރޫޢުގެ ދަށުން މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމުކުރުމުގެ އިތުރުން މަގު ބައްތި ޖެހުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫއުއަށް ޖުމުލަ 122 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް އާރު.ޑީ.ސީއިން ބުނެއެވެ.
ސަރުކާރުން ހިންނަވަރު މަގުހެދުމުގެ މަސައްކަތް އާރު.ޑީ.ސީ އާއި ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް