ބީސީސީން ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ އިވެންޓެއް... ފޮޓޯ: ބީސީސީ
ބީސީސީން ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ އިވެންޓެއް... ފޮޓޯ: ބީސީސީ
ވިޔަފާރި 11 Oct 2025 | 10:42

އެސްއެމްއީ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑް 2025 އަށް ފޯމު ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑަކީ، ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ހާސިލުކުރަމުންދާ ކާމިޔާބީތައް ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެ މަޤްޞަދުގައި، ދިނުމަށް ނިންމި އެވޯޑެކެވެ. ބީސީސީން މީގެ ކުރިން މި އެވޯޑަށް ކުރިމަތިލުމަށް ދީފައިވާ އެންމެ ފަހު ތާރީހަކަށް ދީފައިވަނީ މިހިނގާ އޮކްޓޯބަރުމަހުގެ ދެވަނަ ދުވަހެވެ. ނަމަވެސް މިހާރު ބީސީސީން ވަނީ މުއްދަތު މާދަމާ 14:00 ގެ ނިޔަލަށް އިތުރުކޮށްފައެވެ.

އެމްއެސްއެމްއީ އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ދެ ގިންތިއަކުންނެވެ. އެ ގޮތުން މައިގަނޑު 24 ދާއިރާއަކުން އެވޯޑް ދޭނެ އެވެ.

އެގޮތުން ޖަޖުކުރެވޭ ގިންތިން 13 ދާއިރާއަކުން އެވޯޑް ދޭނެ އެވެ. ޕޮޕިއުލާ އެވޯޑްސް ގިންތިން 11 ދާއިރާއަކުން އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެމްއެސްއެމްއީ އެވޯޑްއަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް