އެމަޖެންސީ ހާލަތުގައި ހޮސްޕިޓަލަށް ގެންދިޔަ މީހަކު މަރުވި މައްސަލައެއް ބަލަނީ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އެމަޖެންސީ ހާލަތުގައި އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ މީހަކު މަރުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، މިއަދު ހެނދުނު 10:10 ހާއިރު އެމަޖެންސީކޮށް އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކުމަށް ގެންދިޔަ މީހެއް ހޮސްޕިޓަލުގައި ނިޔާވި މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. މަރުވެފައވަނީ 43 އަހަރުގެ ދިވެހި ފިރިހެނެއްކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަމަށެވެ. މި މައްސަލާގައި އަދި އައިޖީއެމް ހޮސްޕިޓަލަކުންވެސް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް