ބަޖިޔާ
ބަޖިޔާ
ލައިފްސްޓައިލް 13 Mar 2025 | 04:47

ބަޖިޔާ ކާހިތްވާ ކުދިން މިއަދު މި ރެސިޕީ ޓްރައި ކޮށްލާ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ބަޖިޔާއަކީ ތައްޔާރުކޮށްލަން ވަގުތު ނެގި ނަމަވެސް، ކާލަން ވަރަށް މީރު ހެދިކާއެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ބަޖިޔާ ހަދާނެ ގޮތުގެ ރެސިޕީއެވެ.

ބޭނުންވާ ތަކެތި

1 މަސް ދަޅު

1 ޖޯޑު ވަޅޯމަސް (ކުދިކޮށް ތުނިކޮށް ކޮށާފައި)

2 ބޮޑު ފިޔާ ( ކޮށާފަ )

3 ސައި ސަމުސާ ކުކުޅު ހަވާދު

02 ރާނބާ ފަތް ( 03 އިންޗި ހުންނަވަރު )

01 ގިތެޔޮ މިރުސް

ހިކަނދިފަތް

1/2 ސައި ސަމުސާ އިނގުރު (ގާނާފައި)

1/2 ސައި ސަމުސާ ލޮނުމެދު (ގާނާފައި)

1/2 2 މޭޒުމަތީ ސަމުސާ ހަކުރު

2 ކާފޫރު ތޮޅި

1 އިންޗީގެ ފޮނިތޮށި ކޮޅެއް

ނޫޑްލްސް ސޫޕް ޕެކެޓެއް

ލޮނު

1 މޭޒުމަތީ ސަމުސާ ލުނބޯ ހުތް

2 ޖޯޑުފުއް

ހޫނު ފެން

4 މޭޒުމަތީ ސަމުސާ ތެޔޮ

ތައްޔާރުކުރާނެ ގޮތް

1) ފުރަތަމަ ފިޔާ، އިނގުރު ޕޭސްޓް، ލޮނުމެދު ޕޭސްޓް، ހަކުރު، ރާނބާފަތް، ހިކަނދިފަތް، ފޮނި ތޮށި، ގިތެޔޮ މިރުސް އަދި ކާފޫރު ތޮޅި ކުޑަ ތެޔޮފޮދެއްގައި މީރު ކޮށްލާށެވެ.

2) އެއަށްފަހު ވަޅޯމަސް، މަސްދަޅު، ކުކުޅު ހަވާދު އަދި ނޫޑްލްސް ސޫޕް ޕެކެޓް އަޅާ ރަނގަޅަށް ކައްކާލާށެވެ.

3) ދެން ތައްޔާރުކުރި މަސްގަނޑުގެ ތެރެއިން ރާނބާފަތާއި ފޮނި ތޮށި، ކާފޫރު ތޮޅި ވަކިކޮށްލާށެވެ. އަދި މަސްގަނޑު ކުޑަކޮށް ހިހޫވެލުމުން، ލުނބޯ ހުތްކޮޅު އަޅާލައި މޮޑެލާށެވެ. ލޮނު މަޑު ނަމަ، ލޮނު އަޅައި ލޮނު ހެޔޮވަރު ކޮށްލާށެވެ.

4) އެއަށްފަހު، ރޮށި ފިހަން ފުށް މޮޑޭ ގޮތަށް ފުށް މޮޑޭށެވެ. އަދި ފުށްގުޅަ ޖަހާލާށެވެ:

5) ދެން ރޮށި ގޮތަށް ދަމާ ކޮންމެ ފުށްގުޅައެއް ދަމާލުމަށްފަހު، ކޮންމެ ރޮށްޓެއް 4 ފަޅިއަށް ކަފާލާށެވެ.

6) އެއަށްފަހު ކޮންމެ ރޮށްޓަކަށް މަސްކޮޅެއް ލުމައްފަހު ތިނެސްކަނަށް ވާގޮތައް ރޮށި ބައްދާށެވެ. ނުވަތަ ބަޖިޔާ ތައްގަނޑުން ހަދާލާށެވެ.

7) ތަވާ އުނދުންމައްޗަށް އުދާފައި ތެޔޮ ކެކިގަތީމައި ބަޖިޔާ އަޅައި ތެލުލާލާށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ
27 Feb 2026 ލައިފްސްޓައިލް

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ

ރޯދަ ވީއްލާ ގަޑީގައި ކުޅި އެއްޗެއް ކައިލުމަށްފަހު ފޮނި އެއްޗެއްގެ ރަހަބަލާލުމަށް ބޭނުންވާ މީހުން މަދެއް ނޫނެވެ. މިއީ އެފަދަ މީހުން ތައްޔާރު ކޮށްލަން ރަނގަޅު، ފަސޭހަ ގޮނި އެއްޗެއްގެ ރެސިޕީއެވެ. ބޭނުންވ...