ފްލާން- ފޮޓޯ/ އިންޓަނެޓް
ފްލާން- ފޮޓޯ/ އިންޓަނެޓް
ލައިފްސްޓައިލް 13 Mar 2024 | 05:13

މިއޮތީ ހަދާލަން ފަސޭހަ އަނގަޔަށްވެސް މީރު ފުލާން ތައްޔާރު ކުރާނެގޮތް

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ފްލާން އަކީ ސްޕެނިޝް ޑެޒާޓެކެވެ. ފްލާން އެންމެ ވައްތަރީ އަހަރެމެން އާއްމުކޮށް އަޅާ އުޅޭ ކެރަމަލް ޕުޑިންގް އާއެވެ. ނަމަވެސް ރަހަ އެއަށްވުރެވެސް މީރުވާނެއެވެ.

ބޭނުންވާ ތަކެތި

3/4 ޖޯޑު ހަކުރު

1/4 ޖޯޑު ފެން

1 ދަޅު ގެރިކިރު

1 ދަޅު އެވަޕޯރޭޓެޑް މިލްކް

1 3/4 ޖޯޑު ވިޕިންގ ކްރީމް

5 ބިސް

1/4 ސައި ސަމްސާ ލޮނު

1 1/2 ސައި ސަމުސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެގޮތް:

1) ތަވަޔަކަށް ހަކުރާއި ފެން އަޅާފައި ހަކުރު ވިރެންދެން ކައްކާލާށެވެ.1 ހަކުރު ސިރަޕްގެ ރަން މުށި ކުލަ އެރުމުން ޓްރޭއަކަށް އަޅައި ކެރަމަލް ލެޔާރ އެއް ހަދާލާށެވެ.

2) ދެން ގެރިކިރު، އެވަޕޯރޭޓެޑް މިލްކް، ވިޕިންގ ކްރީމް، ބިސް، ވެނީލާ އެސެންސް އަދި ލޮނު، މިކްސަރުން އެއްކުރާށެވެ.

3) އެއަށްފަހު، އެ މިލްކް މިކްސްޗަރ ކެރަމަލް ލޭޔާއެޅި ޓްރޭއަށް އަޅާލާށެވެ. އަދި ފޮއިލް އަކުން އެ ޓްރޭގެ މަތި ބަންދު ކޮށްލާށެވެ. ފޮއިލް ގަނޑު ފްލާން މިކްސްޗަރ ގައި ޖެހުނަ ދީގެން ނުވާނެއެވެ.

4) ދެން، އެހެން ބޮޑު ޓްރޭއަކަށް ހޫނުފެން އަޅާފައި އެ ފެނުގެ ތެރޭގައި ތައްޔާރު ކުރި ފްލާން ޓްރޭ ބެހެއްޓުމަށްފަހު 155 ޑިގްރީގައި ގާތްގަނޑަކަށް 70 މިނެޓް ވަންދެން އަވަނުން ފިހެލާށެވެ. ފިހަމުންދާއިރު، ބޮޑު ޓްރޭގެ ފެން މަދު ވޭތޯ ބަލަން ވާނެ އެވެ. އަދި އޭގެން ބޮކި އަރައިގެން ފްލާންގެ ތެރެއަށް އެޅޭތޯވެސް ބަލަންވާނެއެވެ.

5) ފްލާން ތައްޔާރު ވުމުން، ހިހޫ ކުރުމަށްފަހު ފިނި ކޮށްލުމަށްފަހު ސާރވްކުރާށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ
27 Feb 2026 ލައިފްސްޓައިލް

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ

ރޯދަ ވީއްލާ ގަޑީގައި ކުޅި އެއްޗެއް ކައިލުމަށްފަހު ފޮނި އެއްޗެއްގެ ރަހަބަލާލުމަށް ބޭނުންވާ މީހުން މަދެއް ނޫނެވެ. މިއީ އެފަދަ މީހުން ތައްޔާރު ކޮށްލަން ރަނގަޅު، ފަސޭހަ ގޮނި އެއްޗެއްގެ ރެސިޕީއެވެ. ބޭނުންވ...