ބިދޭސީ ގުރޫޕެއްގެ މެދުގައި މާރާމާރީއެއް: ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މާލޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބިދޭސީންގެ ބަޔަކު މާރާމާރީ ހިންގި މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގެއް ފަށައިފި އެވެ.
އެ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ފުލުހުން ބުނީ އެ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން މިހާތަނަށް ފުލުހުންނަށް އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށްވެސް ބުންޏެވެ. ނަމަވެސް، މިއީ ޖިނާއީ ކުށެއް އެކުލެވޭ ކަމަކަށް ވާތީ، ގާނޫނީ އިޖުރާއަތްތަކުގެ ދަށުން މި މައްސަލަ ތަހުގީގުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
އާންމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި ބިދޭސީ ބޮޑު ގުރޫޕެއްގެ މެދުގައި މާރާމާރީ ހިންގަ އެވެ. އެ މީހުން ގެންދިޔައީ އެކަކު އަނެކަކަށް އަތާއި ފައިން ހަމަލާ ދެމުންނެވެ.
މާލޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބިދޭސީން މާރާމާރީ ހިންގުމާއި އާންމު އިޖްތިމާއީ މިންގަނޑާއި ހިލާފު އަމަލުތައް ހިންގުން ވަނީ އާންމުވެފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް