2023 ވަނަ އަހަރުގެ ރާބަދި ޗެލެންޖު ނިންމުމުގެ ރަސްމިޔާތުގެ ތެރެއިން
2023 ވަނަ އަހަރުގެ ރާބަދި ޗެލެންޖު ނިންމުމުގެ ރަސްމިޔާތުގެ ތެރެއިން
ކުޅިވަރު 20 Apr 2024 | 10:53

ރާބަދި ޗެލެންޖް 2024 މިމަހު 25 ގައި ފަށަނީ

މީދޫ ޖަމްޢިއްޔަތުއް ޞަލާޙުގެ ފަރާތުން އިންތިޒާމްކޮށްގެން ރ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު އިންޓަރ ރިސޯޓް ފުޓްސަލް ޗެލެންޖު "ރާބަދި ޗެލެންޖް 2024" މިމަހުގެ 25 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ރާބަދި ޗެލެންޖް އެންމެ ފުރަތަަމަ ބާއްވާފައިވަނީ 2019 ވަނަ އަހަރު އެވެ. އަދި އެ މުބާރާތުގެ ފައިނަލުގައި މީދުއްޕަރު 4-3 ގެ ނަތީޖާއަކުން ބަލިކޮށް ޗެމްޕިއަންކަން ހޯދީ ދިގަލި މޯލްޑިވްސް އެވެ. އަދި އެކި ސަބަބުތަކާ ހުރެ 2020 އަދި 2021 ވަނަ އަހަރު މުބާރާތް ނުބޭއްވި ދިއުމަށް ފަހު 2022 ވަނަ އަހަރު ވަނީ އަލުން ރާބަދި ޗެލެންޖް ބާއްވަން ފައްޓަފައެވެ.

އެޕްރީލް 25 އިން މެއި 8 ގެ ނިޔަލަށް ރ.މީދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިއަހަރުގެ ރާބަދި ޗެލެންޖްގައި 14 ޓީމެއް ބައިވެރިވެފައި ވާއިރު މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ގުރޫޕް އެކެއް އަދި ދޭއްގައި ހަތަރު ޓީމު ހިމެނޭ އިރު އަނެއް ދެ ގުރޫޕުގައި ހިމެނެނީ ތިން ޓީމެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ކުއާޓާ ފައިނަލަށް ހޮވޭ ގޮތަށެވެ.

މުބާރާތުގެ ގުރުލުން މިމަހުގެ 13 ވަނަ ދުވަހުގެ ރޭ ބާއްވާފައިވާއިރު، ގުރޫޕް އޭގައި ހިމެނެނީ މީދުއްޕަރު، މާމުނަގައު، އެމަރަލްޑް މޯލްޑިވްސް އަދި ހެރިޓޭންސް އާރަށެވެ. ގުރޫޕް ބީގައި ހިމެނެނީ ރީތިފަރު ރިސޯޓް، ކުޑަފުށު، ފުރަވެރި މޯލްޑިވްސް ގެ އިތުރުން ޖޯލި ބީއިންގ އެވެ. ގުރޫޕް ސީގައި ހިމެނެނީ ޖޯލި މޯލްޑިވްސް، ކޯރާ ކޯރާ އަދި ދިގަލި މޯލްޑިވްސް އެވެ. އަދި ގުރޫޕް ޑީގައި ހިމެނެނީ އެނަރަލްޑް ފާރުފުށި، ދަ ސްޓޭންޑާޑްގެ އިތުރުން އަލައިލާ ކޮތައިފަރު އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް؛ ގދ. އަތޮޅުގެ ޗެމްޕިއަންކަން ވާދޫ ހޯދައިފި
13 Sep 2026 ކުޅިވަރު

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް؛ ގދ. އަތޮޅުގެ ޗެމްޕިއަންކަން ވާދޫ ހޯދައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕްގެ ގދ. އަތޮޅުގެ ޗެމްޕިއަންކަން އެ އަތޮޅު ވާދޫން ހޯދައިފިއެވެ. ވާދޫން މި މުބާރާތު...

23 އަހަރުންދަށުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް މިފަހަރު ވެސް ކާމިޔާބުކުރީ ޕާކް އެސްސީ
13 May 2025 ކުޅިވަރު

23 އަހަރުންދަށުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް މިފަހަރު ވެސް ކާމިޔާބުކުރީ ޕާކް އެސްސީ

"އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖް 2025" ގެ ފައިނަލުގައި އަންގާރަ ދުވަހުގެ ރޭ ޕާކް ބޯއީސް އާއި އެންމެ ފަހުގެ ޗެންޕިއަން ޕާކް ސްޕޯޓްސް ކުލަބު ވާދަކުރި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާ...

ޕެނަލްޓީގައި ކޯރާ ކޯރާ ބަލިކޮށް ޖޯލި މޯލްޑިވްސް ޗެންޕިއަންކަން ހޯދައިފި
12 May 2025 ކުޅިވަރު

ޕެނަލްޓީގައި ކޯރާ ކޯރާ ބަލިކޮށް ޖޯލި މޯލްޑިވްސް ޗެންޕިއަންކަން ހޯދައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންޓަރ ރިސޯޓް ފުޓްސަލް ޗެލެންޖު "އިންފިނިޓީ ޕްރޯ ރާބަދި ޗެލެންޖް 2025" ގެ ފައިނަލުގައި އެންމެ ފަހުގެ ޗެންޕިއަން ކޯރާ ކޯރާއި ޖޯލި މޯލްޑިވްސް ވާދަކުރި މެޗު، 3-3 ގެ ނަތީޖާއ...

ފަސޭހަކަމާއެކު ޖޯލި ބީއިން ބަލިކޮށް ކޯރާ ކޯރާ ފައިނަލުން ޖާގަ ހޯދައިފި
09 May 2025 ކުޅިވަރު

ފަސޭހަކަމާއެކު ޖޯލި ބީއިން ބަލިކޮށް ކޯރާ ކޯރާ ފައިނަލުން ޖާގަ ހޯދައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންޓަރ ރިސޯޓް ފުޓްސަލް ޗެލެންޖު "އިންފިނިޓީ ޕްރޯ ރާބަދި ޗެލެންޖް 2025" ގެ ސެމީފައިނަލް ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެންޕިއަން ކޯރާ ކޯރާއި ޖޯލި ބީއިން ވާދަކުރި މެޗު 5-1...

މީދުއްޕަރު ކަޓުވާލުމަށްފަހު ފައިނަލްގެ ފުރަތަމަ ޖާގަ ޖޯލި މޯލްޑިވްސް އިން ހޯދައިފި
09 May 2025 ކުޅިވަރު

މީދުއްޕަރު ކަޓުވާލުމަށްފަހު ފައިނަލްގެ ފުރަތަމަ ޖާގަ ޖޯލި މޯލްޑިވްސް އިން ހޯދައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންޓަރ ރިސޯޓް ފުޓްސަލް ޗެލެންޖު "އިންފިނިޓީ ޕްރޯ ރާބަދި ޗެލެންޖް 2025" ގެ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ޖޯލި މޯލްޑިވްސް އާއި މީދުއްޕަރު ވާދަކުރި މެޗު 4-0 ގެ ނަތީޖާއަކ...

އިސާމްގެ މޮޅު ކުޅުމާއެކު ޗެންޕިއަން ކޯރާ ކޯރާ ސެމީފައިނަލުން ޖާގަ ހޯދައިފި
08 May 2025 ކުޅިވަރު

އިސާމްގެ މޮޅު ކުޅުމާއެކު ޗެންޕިއަން ކޯރާ ކޯރާ ސެމީފައިނަލުން ޖާގަ ހޯދައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންޓަރ ރިސޯޓް ފުޓްސަލް ޗެލެންޖު "އިންފިނިޓީ ޕްރޯ ރާބަދި ޗެލެންޖް 2025" ގެ ކުއާޓާ ފައިނަލް ތިންވަނަ މެޗުގައި ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުން ދިގަލި މޯލްޑިވްސް ބަލިކޮށް...