އެމްޑީޕީގެ ގައުމީ މަޖިލީސް: އަންނަ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި މުޒާހަރާ ކުރުމާމެދު ގޮތް ނިންމަނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އަންނަ ބުރާސްފަތި ދުވަހު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން ފާސްކުރަން އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށައަޅާ ބަހުސް ފަށައިފި އެވެ.
މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލްވުމަށް ހުށައެޅި ގަރާރުގައި ވަނީ ސިޔާސީ ކަންކަމާއި ގުޅުވައިގެން ވަޒީފާތަކުން ވަކިކުރުމާއި ސިޔާސީ ދައުވާތައް އުފުލުމާ ދެކޮޅަށް މުޒަހާރާ ކުރުމަށެވެ.
އެގޮތުން އަންނަ ބުރާސްފަތި ދުވަހު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން ވަނީ ހުށައަޅާފަ އެވެ. އެ ގަރާރަށް މިހާރު ދަނީ ގައުމީ މަޖިލީހުގައި ބަހުސް ކުރަމުންނެވެ.
މެންބަރުންގެ ރޫހު ހުރީ އެ ގަރާރު ފާސްކުރުމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް