އީދު ނަމާދުގެ ޖަމާއަތް ފަށާ ގަޑި އަވަސްކުރަން މަޝްވަރާކުރަނީ
ލިޔުންތެރިޔާ
ސްޓާފް ރައިޓަރ
އީދު ނަމާދުގެ ޖަމާއަތް ފަށާގަޑި އަވަސްކުރަން މަޝްވަރާ ކުރާކަމަށް އިސްލާމިކް މިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި މިނިސްޓަރު ޝަހީމް ވަނީ އެކަން ހާމަކުރައްވާފައިވީ ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ.
”އީދު ނަމާދު ޖަމާއަތް ފެށޭ ގަޑި އަވަސްކުރުމާ މެދު މިދަނީ މަޝްވަރާކުރަމުން،“
މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
މިހާރު އީދު ނަމާދުގެ ޖަމާއަތް ފަށަނީ ހެނދުނު 7:30 ގައެވެ.
ނަމަވެސް އެހާއިރު ފަށައިގެން ބައެއް ދަތިތަކާ ކުރިމަތިލާންޖެހެއެވެ. އަވި ގަދަ ވުމުގެ ސަބަބުން ބޮޑު ޖަމާއަތުގައި ނަމާދު ކުރަން ދާ ފަރާތްތަކަށް އުނދަގުލުގައި އުޅެން ޖެހުން ފަދަ ކަންކަން ދިމާވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް