ރާއްޖޭގެ އަންހެން ވޮލީ ޓީމް ފައިނަލަށް ދަތުރުކޮށް، ތާރީޚުގެ ތެެރެއަށް!
އޭޝިޔަން ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފައިނަލަށް ގައުމީ އަންހެނުންގެ ވޮލީ ޓީމް ދަތުރުކޮށްފިއެވެ.
މިއީ ވޮލީ މުބާރާތަކުން އަންހެނުންގެ ގައުމީ ޓީމަށް މެޑަލެއް ކަށަވަރުވި ފުރަތަމަ ފަހަރެވެ.
މި މުބާރާތުގެ ފައިނަލްގެ ޖާގައެއް ޓީމުން ކަށަވަރުކޮށްފައިވަނީ މިއަދު އޮތް މެޗުގައި ތިން ސެޓުން އަފްޣާނިސްތާނުގެ ޓީމް ބަލިކޮށްގެންނެވެ.
އެގޮތުން ރާއްޖޭގެ ޓީމުން ފުރަތަމަ ސެޓް ކާމިޔާބުކުރީ 25-6 އިންނެވެ. ދެވަނަ ސެޓުގައިވެސް ރާއްޖޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު ރާއްޖެއިން ކާމިޔާބުކުރީ 26-7 އިންނެވެ. އަދި ތިންވަނަ ސެޓް ކާމިޔާބުކުރީ 25-8 އިންނެވެ.
އަންނަ ބުދަ ދުވަހު ލީގު ބުރުގެ އެންމެ ފަހު މެޗުގައި ރާއްޖެއިން ވާދަކުރާނީ ނޭޕާލާއި ދެކޮޅަށެވެ. މި މުބާރާތުގެ ފައިނަލަށް ރާއްޖެއިން ދަތުރުކޮށްފައިވަނީ އެއްވެސް މެޗަކުން ބަލިވުމެއް ނެތިއެވެ.
މި މުބާރާތަށް ރާއްޖެއިން ކުރިމަތިލާފައިވަނީ މެޑައްޔަކަށް ޓާގެޓްކޮށްގެންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް