ގޯލްޑަން ފުޓްސަލް ޗެލެންޖް 2019 ފަށައިފި
2015ވަނަ އަަހަރުން ފެށިގެން ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ބާއްވަމުންގެންދާ ގޯލްޑަން ފުޓްސަލް ޗެލެންޖް ފަށައިފިއެވެ.
66 ޓީމާއި އެކު ކުރިއަށްދާ މި މުބާރާތް ފަށާފައިވަނީ މިރޭގެ 21:15 ގައެވެ. މި މުބާރާތް އަންނަ މަހުގެ 18ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ.
މި މުބާރާތުގެ ކުޅުން ކުރިއަށްދާނީ ހުޅުމާލޭ ފުޓްސަލް ދަނޑުގައެވެ. މުބާރާތުގައި މިރޭ ކުޅޭނީ މ، ހދ، އަދި ގއ. އަތޮޅުގެ ބައެއް ރަށްތަކުގެ މެޗުތަކެވެ.
މި މުބާރާތުގެ ހުރިހާ މެޗެއް ހާފްކޯޓް މޯލްްޑިވްސްއިން ދުރަށް ދައްކާގޮތަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް ވޮއިސް ވެބްސައިޓް މެދުވެރިކޮށް ކިޔުންތެރިންނަށް ގެނެސްދިނުމަށްވެސް ވަނީ ނިންމާފައެވެ. އަދި ސެމީ ފައިނަލް މެޗާއި ފައިނަލް މެޗު ވަނީ ޓީވީން ދުރަށް ދެއްކުމަށް ނިންމާފައެވެ.
މިފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 65،000 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް ކަނޑައަޅާފައިވަނީ 25،000 ރުފިޔާ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް