އަޟްހާ ޢީދުގެ އުފަލުގައި ރާއްޖޭގެ އެކިހިސާބުތަކުގައި އޫރީދޫ އިން ހަދިޔާ ބަހައިފި
އަޟްހާ ޢީދުގެ އުފަލުގައި އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކުޑަކުދިންނަށް ހަދިޔާ ބަހައިފިއެވެ.
ކުޑަަކުދިންނަށް އުފާވެރިކަން ގެނެސްދީ، އާއިލާތަކަށް އިފާވެރިކަމާއި އެކުވެރިކަމުގެ ވަގުތުތައް ފަހިކޮށްދީ, އެކުދިންނަށް ޢީދު ހަދިޔާ ބެހުމަކީ ކޮންމެ އަހަރަކުވެސް ޢީދާ ދިމާކޮށް އުރީދޫއިން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
އުރީދޫއިން މި ހަރަކާތް ކުރިއަށް ގެންދާ މައިގަނޑު މަޤްސަދަކީ ޢީދުގެ ހަޤީޤީ ސިފަކަމަށްވާ އޯޤާތރިކަމާއި,ދީލަތިކަމާއި,ހިނިތުންވުން ފެތުރުވުމުގެ އިތުރުން މުޖުތަމައުގެ އެއްބައިވަންތަަކަން ދެމެހެއްޓުމެވެ.އަދި މުޖުތަމަައުގެ މީހުންނާ އެކު އުފާވެރިކަން ހިއްސާކުުރުންކަމަށް އެކުންފުނިން ބުނެއެވެ.
އުރީދޫއިން ބުނެފައިވަނީ އީދު ހަދިޔާ ބެހުމުގައި ކުރިއަށްގެންދިޔަ ހަރަކާތުގައި ކުޑަކުދިންގެ މޫނުމަތިން ފެންނަމުންދިޔަ ހިނިތުންފެނި, އެކުދިންގެ އުފަލުގައި ބައިބެރިވުމަކީ އެކުންފުންޏަށް ލިބޭ ވަރަށް ބޮޑު ޝަރަފެއްކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް