ަލައިސަންސް ޕްލޭޓްގައި އިމޯޖީ ޖެހޭގޮތް ހަދަނީ
އޮސްޓްރޭލިޔާގެ ރަށެއްކަމުގައިވާ ކުއީންސްލޭންޑްގެ ވެހިކަލްތަކުގެ ލައިސަންސް ޕްލޭޓްގައި އިމޯޖީ ޖެހޭނެގޮތް ހަމަޖައްސައިފިއެވެ.
މި ޚިދުމަތް މާޗްމަހުން ފެށިގެން ފޯރުކޮށްދޭނެކަމަށް އޮސްޓްރޭލިޔާގެ ކުންފުންޏަކުން ވަނީ އިއުލާންކޮށްފައެވެ.
އެ ކުންފުނިން ބުނީ ލައިސަންސް ޕްލޭޓުގައި އެންމެ ކަމުދާ ކުޅިވަރު ކްލަބްފަދަ ތަކެތި ހުންނަ އިރުގައި، އެންމެ ކަމުދާ އިމޯޖީ ހުރުމަކީ މައްސަލައެއް ނޫންކަމަށެވެ. އަދި މިއީ ޓްރެފިކްގައި ޖެހިފައި އިންނަންޖެހޭއިރު، ފެންނަ މީހާ އުފާކޮށްދޭނެފަދަ ކަމެއްކަމަށް އެކުންފުނިން ބުނެއެވެ.
މި ޚިދުމަތަށް ގިނަ ފަރާތްތަކުން އެދެމުންދާއިރު، އިމޯޖީ ޖަހާފައިވާ ލައިސަންސް ޕްލޭޓެއް ހަދައިދޭނީ 100އަދި 500 އޮސްޓްރޭލިޔަން ޑޮލަރާއި ދެމެދުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް