ސީރީޒްގެ މަންޒަރެއްގެ ތެރެއިން މަލާލާ-- ފޮޓޯ: ކޯޓެސީ އޮފް ޕީކޮކް
ސީރީޒްގެ މަންޒަރެއްގެ ތެރެއިން މަލާލާ-- ފޮޓޯ: ކޯޓެސީ އޮފް ޕީކޮކް
ދުނިޔެ 01 Jun 2024 | 12:02

މަޝްހޫރު އެކްޓިވިސްޓް މަލާލާ ހޮލީވުޑަށް

ޕާކިސްތާނަށް ނިސްބަތްވާ ތައުލީމާއި ބެހޭ މަޝްހޫރު އެކްޓިވިސްޓް މަލާލާ ޔޫސުފްޒައި ހޮލީވުޑް ގެ ސްކްރީނުން އޭނާގެ އެކްޓިން ގެ ހުނަރުތައް ދައްކާލައިފިއެވެ.

އުމުރުން 17 އަހަރުގައި 2014 ވަނަ އަހަރު ނޮބެލް ޕީސް ޕްރައިޒް ހާސިލްކޮށް، އެންމެ ހަނގު އުމުރެއްގައި އެ އެވޯޑް ހޯދުމުގެ ޝަރަފު ލިބުނު މަލާލާ އޭނާގެ އެކްޓިން ދައްކާލާފައިވަނީ އިނގިރޭސިވިލާތުގެ ސިޓްކޮމް ވީ އަރ ލޭޑީ ޕާޓްސް ގެ ދެވަނަ ސީޒަނުގައިއެވެ.

އެ ސީޒަނުގެ ދެވަނަ އެޕިސޯޑުގައި ކެމިއޯ އަކުން މަލާލާ ފެނިގެންދަނީ ކައު ބޯއީ ތޮތްޕަކާއި އެކު އަހެއްގެ މަތީގައި އިންނަ މަންޒެރެވެ.

މިކަމާއި ގުޅޭ ގޮތުން މަޝްހޫރު މެގަޒިން ވޯގް އަށް ދިން ބަސްދީގަތުމެއްގައި މަލާލާ ބުނީ، އޭނަ އަށް މި ރޯލް އަދާކުރުމުގެ ފުރުސަތު ލިބުނު އިރު، އެއީ ކޮންކަހަލަ ކަމެއްކަން ވެސް ހިޔާލަށް ނުގެނެވޭ ކަމަށެވެ. އޭގައި އޭނާ ވާހަކަދައްކަން ނުޖެހުމަކީ ވެސް ލިބުނު ހިތްހަމަޖެހުމެއް ކަމަށް މަލާލާ ވަނީ ބުނެފައެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު ވީ އަރ ލޭޑީ ޕާޓްސްގެ ދެވަނަ ސީޒަން ޕްރިމިއާ ކުރިއިރު، މިއީ ހުރިހާ އަންހެނުން ހިމެނޭ ޕަންކް ބޭންޑެއްގެ މެމްބަރުން މިއުޒިކުގެ ދުނިޔޭގައި ފައި ހަރުކުރުމަށް ކުރާ ދަތުރުގެ ތެރެއިން ދިމާވާ ގޮންޖެހުންތަކާއި ތަޖުރިބާތައް ދައްކުވައިދޭ ސީރީޒްއެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް