އިހްސާންގެ ބަފައިބެގެ ކުންފުނީގެ އުޅަނދެއްވެސް ޓޯ ކޮށްފި؛ “ގާނޫނޫ ތަންފީޒުކުރުމުގައި ތަފާތުކުރުމެއް ނޯންނާނެ”
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިހްސާންގެ ބަފައިބެ، މުހައްމަދު ނައީމުގެ ކުންފުނި ހެޕީ މާކެޓްގެ އުނޅަދެއްވެސް ފުލުހުން ޓޯ ކޮށްފިއެވެ.
މިކަމާއި ގުޅިގެން ވަޒީރު އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އަންގަވާފައިވަނީ ޤާނޫނު ތަންފީޒު ކުރުމުގާ ވަކި މީހެއް އިސްތިސްނާ ނުވަތަ ޚާއްސަ ނުކުރެއްވުމަށް ކަމަށެވެ.
އަދި އެމަނިކުފާނު އަންގަވާފައިވަނީ އެންމެނަށްވެސް ހަމަހަމަކޮށް ގާނޫނޫ ތަންފީޒު ކުރެއްވުމަށްކަން ފާހަގަކުރައްވައި ވަޒީރު އިހްސާން ވިދާޅުވީ، ފުލުހުން އަދި ތަންފީޒީ އިދާރާތަކުން އެގޮތުގައި ރާއްޖޭގެ ގާނޫނުތައް ތަންފީޒު ކުރާނެ ކަމަށެވެ.
ވަޒީރު އިހްސާން މިހެން ވިދާޅުވެފައި ވާއިރު، ދާޚިލީ ވަޒީރު ކަމުގެ މަގާމަށް އައްޔަނު ކުރެއްވުމާ ހަމައަށް، އިހްސާން ވަނީ ހެޕީމާކެޓްގެ ސީއީއޯގެ މަގާމު އަދާކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް