އައްޑޫއިން ކަރަންޓްދިއުން. އެންމެބޮޑު ކަންބޮޑުވުމެއް ގެސްޓްހައުސްތަކަށް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުން މިރޭ ކަރަންޓް ކަނޑައިެގން ހިނގައްޖެއެވެ.
ކަރަންޓް ކަނޑައިގެން ގޮސްފައިވަނީ މިރޭ 22:30 ހާއިރެވެ. އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުން މިރޭ ކަރަންޓް ކަނޑައިގެން ގޮސްފައިމިވަނީ ލޯޑް މަތިވުމުގެ ސަބަބުން ކަރަންޓް މެނޭޖުކުރުމަށް ދަތިވެފައިވަނިކޮށެވެ. މިކަމާ ގުޅޭގޮތުން ފެނަކަ މަރަދޫ ފޭދޫ ކަސްޓަމަރުންގެ ވައިބާ ގްރޫޕަށް ކުރި މެސެޖެއްގައި ފެނަކައިން ބުނީ، އިންޖީނު ހިންގައި ކަރަންޓް ދިނުމުގެ މަސައްކަތަށް ތައްޔާރުވަމުންދާކަމަށެވެ. އިތުރު މައްސަލައެއް ދިމާނުވާނަމަ ކަރަންޓް ދެވޭނެ ކަމަށެވެ.
އައްޑުސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކަނޑައިެގން ގޮސްފައިމިވަނީ އެސިޓީގެ ގެސްޓްހައުސްތަކުގައި ގިނަ އަދަދަކަށް ފަތުރުވެރިން ތިއްބައިކަން ފާހަގަކޮށްލެވެއެވެ. ކުރިއަށް މިދަނީ ރާއްޖޭގެ ޓޫރިޒަމް ސީޒަނެވެ.
މިކަމާ ގުޅިގެން ފެނަކަ ހެޑް އޮފީހުން އަދި ވަކި އެއްޗެކާ ބުނެފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް