އަފީފްވެސް ވޯޓު ކަށަވަރު ކުރެވިއްޖެކަމަށް ވިދާޅުވެއްޖެ
ނަވާރަ ވަަަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ވިލުފުށީ ދާއިރާާގެ އިންތިޚާބީ މެންބަރު ހަސަން އަފީފްވެސް، ސާޅީސް މެންބަރުންގެ ވޯޓު ހަމަކުރައްވާފައިވާކަމަށް ވިދާޅުވެއްޖެއެވެ.
އޮންލައިން ނޫސް މިހާރަށް ދެއްވި އިންޓަރވިއުއެއްގައި ހަސަން އަފީފް ވިދާޅުވީ އެމްޑީޕީގެ 65މެންބަރުންނާއި ވާހަކަފުޅު ދައްކަވާފައިވާ ކަމަށާއި އޭގެ ތެރެއިން ސާޅީހަށްވުރެ ގިނަ މެންބަރުންގެ ތާއިދު ޔަގީންކުރައްވާފައިވާނެ ކަމަށެވެ.
އެހެންކަމުން އެމްޑީޕީގެ މެންބަރުންގެ މެދުގައި ނަގާ ވޯޓު ކާމިޔާބުކުރެވޭނެކަމުގެ އުއްމީދު އެބައޮތްކަމަށް އަފީފް ވަނީ ވިދާޅުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ހަސަން އަފީފާއި ވާދަކުރައްވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމްވެސް ވަނީ ވޯޓުން ކުރި ހޯއްދެވޭނެކަަމަށް ވިދާޅުވެފައެވެ.
ހަސަން އަފީފަށް ތާއިދުކުރެއްވުމަށް ޕީޕީއެމް އަދި ޕީއެންސީންވެސް ވަނީ ނިންމާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް