އިންޑިއާގެ 100ރ މިލިއަންގެ އެހީ: ދެރަށެއްގައި 12 ކްލާސްރޫމް އަޅަނީ
އިންޑިއާއިން ރާއްޖެއަށް ދެއްވާފައިވާ 6,930,006.93 އެމެރިކާ ޑޮލަރުގެ ހިލޭ އެހީގެ ދަށުން ހއ. އިހަވަންދޫ އާއި ނ. ޅޮހި އަދި ރ. ކިނޮޅަހުގެ ބައެއް މަޝްރޫއުތަކަށް ހިންގުމަށް އިންޑިއާއިން ނިންމައިފިއެވެ.
އެގޮތުން ނ. ޅޮހި އަދި ރ. ކޮޅަހުގައި ކޮންމެ ރަށެއްގައި 6 ކްލާސްރޫމް އެޅުމަށް ވަނީ ނިންމާފައެވެ. މި މަޝްއޫއަށް އިންޑިއާއިން ވަނީ 1،201،056 ދިވެހި ރުފިޔާ ދޭން ނިންމާފއެވެ.
ރާއްޖޭގެ ސްކޫލްތަކަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކަކަށް ހެދުމަކީ ސަރުކާރުގެ އެއް ސިޔާސަތެވެ. އެގޮތުން މި ކްލާސްރޫމްތަކަކީ މި ދެ ސްކޫލަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކަށް ހެދުމަށްޓަކައި ބޭނުންވާ އިތުރު ކްލާސްރޫމްތަކެއް ކަމަށްވެސް ބުނެފައިވެއެވެ.
ފޮއިން މިނިސްޓްރީން އިތުރަށް މައުލޫމާތު ދިންގޮތުގައި ހއ. އިހަވަންދޫގައި އިމަރޖެންސީ މެޑިކަލް ހިދުމަތް ދިނުމުގެ އިންތިޒާމު ހަމަޖެއްސުމަށް 7,469,465.89 ރުފިޔާގެ ހިލޭ އެހީ ވެސް އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ވަނީ ދީފައިއެވެ.
6,930,006.93 އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ހަރ އެކްސަލަންސީ ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް