ފަރިތަކުރުންތަކުގައި މެސީ ބައިވެރިވާން ފަށައިފި
ޕްރީ ސީޒަނުގައި ލިބުނު އަނިޔާއަކައި ގުޅިގެން ކުޅުމާ ދުރުގައި ހުރި ބާސެލޯނާގެ ތަރި މެސީ، އަނިޔާއިން ސަލާމަތްވެ ކްލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ. މިއާއެކު ކުރިއަށް އޮތް މެޗުގައި މެސީ ފެނިގެންދާނެކަމުގެ އުންމީދުވަނީ ބޮޑުވެފައެވެ.
މެސީއައި ނުލާ ބާސެލޯނާ ލީގުގައި ކުޅުނު މެޗުން އެޓީމްވަނީ 1-0 ކުން އެޓްލެޓިކޯ ބިލްބާއޯ އަތުން ބަލިވެފައެވެ.
މެސީ ފަރިތަކުރުންތުގައި އަލުން ބައިވެރިވާން ފަށާފައިވާއިރު ފޯވަޑް ސައަރޭޒް އަދި ޑެންބެލޭ އަދިވެސް ހުރީ އަނިޔާގެ ސަބަބުން ކުޅުމައި ދުރުގައެވެ.
ކުރިއަށް އޮތް މެޗުގައި ބާސެލޯނާ ނުކުންނާނީ އަމިއްލަ ދަނޑުގައި ރެއާލް ބެޓިސްއައި ދެކޮޅަށެވެ. ގަބޫލު ކުރެވޭގޮތުގައި މި މެޗުގައި ބާސެލޯނާގެ ފޯވަޑް ލައިނުން ފެނިގެންދާނީ މެސީގެ އިތުރުން އެ ކްލަބައި މި ސީޒަނުގައި ގުޅުނު ފްރާންސްގެ ތަރި އެންޓޯނިއޯ ގްރިޒްމަންއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް