N/A
N/A
ހަބަރު 25 Apr 2019 | 17:49

ޖޮބްސިކަލް: ވަޒީފާ ހޯދުމަށް އީޖާދީ ހައްލެއް!

ވަޒީފާއެއް ހޯދަން ކުރަންޖެހޭ މަސައްކަތް މިއަދު މިވަނީ ވަރަށްބޮޑަށް ފަސޭހަވެފައެވެ. ނޫސްތަކުންނާއި އެކި ދިމަދިމާލުން ވަޒީފާގެ ފުރުސަތުގެ އިއުލާންތައް ހޯދަން ކުރަންޖެހޭ މަސައްކަތް މިއަދު މިވަނީ އީޖާދީ ގޮތަކަށް ބަދަލު ކޮއްލާފައެވެ.

ދިވެހި ސްޓާރޓަޕް ކުންފުންޏެއް ކަމަށްވާ ޓެކްނޯސިސް އިން މީގެ 3 އަހަރު ކުރިން ފަށައިގަތް ޖޮބްސިކަލް ވެބްސައިޓަކީ ވަޒީފާ ހޯދައި އަދި އިއުލާންކުރުމަށް އިންގިލާބީ ބަދަލުތަކެއް ގެނުވައިފައިވާ ފުރިހަމަ ވެބްސައިޓެކެވެ.

ޖޮބްސިކަލް އަކީ ދިވެހި އަމިއްލަ ބްރޭންޑެކެވެ. ވަޒީފާގެ ބާޒާރުގައި ނަންހިގާ އިތުބާރު ކުރެވޭ ނަމެކެވެ. މިކަން ހާމަވެގެންދަނީ ލިބެމުންދާ ތަރުހީބުންނެވެ.

ރާއްޖޭގެ 1،000 އައްވުރެ ގިނަ ކުންފުނިން ދަނީ ޖޮބްސިކަލް ބޭނުންކުރަމުންނެވެ. ޖޮބްސިކަލްގައި 10،000 އައްވުރެ ގިނަ ރަޖިސްޓަރޑް ޖޮބްސީކާރސް މިވަގުތު އެބަތިއްބެވެ.

2019 އަހަރުގެ މާރޗް މަހުގައި ޖޮބްސިކަލްއިންވަނީ އީޖާދީ އާހިދުމަތް ތަކެއް ތާއާރަފް ކޮއްފައެވެ. މިގޮތުން ވެބްސައިޓް އަދި މޮބައިލް އެޕްލިކޭޝަން ރީޑިޒައިން ކޮށް ރާއްޖޭގެ ފުރަތަމަ ޓެލެންޓްޕޫލްގެ ހިދުމަތް ވަނީ ފެށިވައެވެ.

ޖޮބްސިކަލް މޮބައިލް އެޕްލިކޭޝަން ފޯނަށް އިންސްޓޯލް ކޮށްލުމުން ވަޒީފާގެ ފުރުސަތުތަށް ނޮޓިފިކޭޝަންގެ ގޮތުގައި ފޯނަށްލިބެއެވެ. އަދީ އެޕްލިކޭޝަން ތެރެއިން ޒަމާނީ ޑިޒައިނެއްގެ ސީވީ އެއް ފުރާލެވެއެވެ. ސެޓްފިކެޓް އަދި އެހެނިހެން ލިޔެކިއުންތަށްވެސް ފޯން ބޭނުންކޮއްގެން ސްކޭން ކޮއްލުމަށްފަހު ސީވީއާއި ގުޅުވާލެވެއެވެ. އެންމެ ބޮޑު އެއްފަސޭހައަކީ އެޕްލިކޭޝަންގައި ފުރިހަމަ ކޮއްލެވުނު ސީވީ ބޭނުންކޮށްގެން ސިކުންތު ކޮޅެއްގެ ތެރޭގައި ބޭނުން ވަޒީފާއަކަށް ކުރިމަތި ލެވުމެވެ. ސީވީ ޕްރިންޓް ކޮށް އަދި ސެޓްފިކެޓްތަށް ފޮޓޯކޮޕީ ހައްދާކަށް ދެން ނުޖެހޭނެއެވެ.

ވަޒީފާއަށް ޝޯޓްލިސްޓް ވުމުން ނުވަތަ އިންޓަވިއު އަކަށް ހޮވުމުންވެސް އެޕްލިކޭޝަން އިން ވަގުތުން ނޮޓިފިކޭޝަންއެއް ލިބޭނެއެވެ. މިއީ ވަރަށްވެސް ލުއިފަސޭހަ އަދި ފުރިހަމަ އީޖާދެކެވެ.

ޖޮބްސިކަލްގައި ވަޒީފާ އިއުލާންކުރާ ކުންފުނިތަކަށް ލިބޭ އެންމެ ބޮޑު އެއްފަސޭހައަކީ ވަޒީފާއަށް ކުރިމަތިލައިފައިވާ ހުރިހާ ފަރާތެއް އެއްތަނަކުން މެނޭޖް ކޮށް، ފިލްޓަރ ކޮށް، ރޭންކް ކޮށްލެވުމެވެ.

ޖޮބްސިކަލްގެ ހާއްސަ އަލްގަރިދަމް އަކުން ކޮންމެ ކެންޑިޑޭޓެއް ރޭންކް ކުރެވެއެވެ. މިރޭންކިން ބިނާވެފައިވާނީ ކެންޑިޑޭޓްގެ ތަޖުރިބާއާއި ތައުލީމީ ފެންވަރުގެ މައްޗަށެވެ. މިހެންކަމުން ކޮންމެ ވަޒީފާއަކަށްވެސް ކުރިމަތިލައިފައިވާ އެންމެ ގާބިލް ކެންޑިޑޭޓް ހޯދާލަން ސިކުންތު ކޮޅެއްވެސް ނުނަގާނެއެވެ.

ޖޮބްސިކަލްގެ މެސެޖިންގް ސިސްޓަމް މެދުވެރިކޮށް ކެންޑިޑޭޓުންނާއި ޗެޓްކޮށް ފައިލް ޓްރަންސްފަރ ވެސް ހިއްސާކޮއްލެވޭނެއެވެ. މިސާލަކަށް ކެންޑިޑޭޓެއްގެ ސީވީގައި އިން އައިޑީކާޑު ނުސާފު ވެއްޖެ ނަމަ ޖޮބްސިކަލް މެޖެސްޖިން އިން އެކަން އަންގާލެވިދާނެއެވެ. އަދި ކެންޑިޑޭޓަށް ފޯން އެޕްލިކޭޝަން މެދުވެރިކޮށް އައިޑީކާޑު އަލުން ސްކޭން ކޮއްލުމަށްފަހު ކުންފުންޏަށް މެސެޖް ކޮއްލެވޭނެއެވެ.

ޓެލެންޓްޕޫލް އަކީ ޖޮބްސިކަލްގައި ރެޖިސްޓަރ ވެފައިވާ އެތައްސަތޭކަ ޖޮބްސީކާރސް އަދި އެކި ދާއިރާތަކުން ޕްރޮފެޝަނަލް ބޭފުޅުންގެ ޕްރޮފައިލް އަދި ސީވީ ޑާޓާބޭސް އެކެވެ. ހަމައެކަނި ވެރިފައިޑް ކުންފުނިތަކަށް އެކްސެސް ލިބޭ މިޑޭޓާބޭސް އަކީ ވަޒީފާދޭފަރާތްތަކުން އެކިދާއިރާތަކުގެ، އެކި ފަންތީގެ ކެންޑިޑޭޓުން ހޯދުމަށް ލިބުނު ވަރަށްބޮޑު ފަސޭހައެކެވެ.

މީގެ އިތުރުން މޯލްޑިވްސް އެސޯސިއޭޝަން ފޯ އެޗްއާރު ޕްރޮފެޝަނަލްސް (މާރޕް) އާއި ގުޅިގެން ޖޮބްސިކަލްއިން އަންނަނީ އެކި ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ. މިއަހަރުގެ ތެރޭގައި ޖޮބްސިކަލްގެ ފަރާތުން ވަޒީފާ ހޯދާފަރާތްތަކަށް ހިލޭ ޓްރެއިނިންގް ސެޝަންއަދި ކެރިއަރ ގައިޑެންސްގެ ހިދުމަތް ފެއްޓުމަށް ވަނީ ހަމަޖެހިފައެވެ. ޖޮބްސިކަލް އިންމިވަނީ ދިވެހިންގެ ދިރިއުޅުމަށް ވަރަށްބޮޑެތި ލުއިފަސޭހަ ތަކެއްގެނުވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...