އާ ސަރުކާރުން 6 މަސް ދުވަސްތެރޭގައި ސަޕްލިމެންޓަރީ ބަޖެޓެއް ހުށައަޅަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އާ ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު ހައެއްކަ މަސްދުވަސްތެރޭގައި ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅުމަށް ތައްޔާރުވަމުންދާކަމަށް ވެރިކަން ބަދަލުވުމުގެ މަރުހަލާ ކަންކަން ކުރިއަށްގެންދާ ޓްރާންސިޝަން ކޮމިޓީން ބުނެފިއެވެ.
މިގޮތައް މިކަން ކުރައްވަން ނިންމެވީ ބަޖެޓް ހުށަހަޅާފައިވާ ގޮތުން އައު ސަރުކާރުން ބޭނުންވާ ކަންކަން ހިންގުމަށް ގޮންޖެހުންތަކެއް ހުރިކަމަށް ފެންނާތީ ކަމަށް ޓްރާންސިޝަން ކޮމިޓީން މެމްބަރު އިބްރާހިމް އަމީރު އެކޮމިޓީގެ ފަރައިތުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވިއެވެ.
ޓްރާންސިޝަން ކޮމިޓީގެ ކޯ-ޗެއަރ އަހުމަދު ނާޝިޒް ކޮންފަރެންސަގައި ވިދާޅުވީ ދައުލަތުގެ ބަޖެޓުން ދަރަނީގެ ގޮތުގައި ބޮޑު ހޭދައެއް ކުރަންޖެހުމަކީ ދިމާވާނެ ބޮޑު ގޮންޖެހުމެއްކަމަށާއި އޭގެސަބަބުން އައު ސަރުކާރުން ކުރިއަށްގެންދަން ބޭނުންވާ ތަރައްގީގެ އައު މަޝްރުއުތައް ހިންގުމަށް ގޮންޖެހުންތައް ކުރިމަތިވާނޭކަމަށެވެ.
މި ކޮމިޓީއިން މައުލޫމާތު ދެއްވި ގޮތުގައި 2019ވަނަ އަހަރަށް 29.6 ބިލިއަން ރުފިޔާގެ ބަޖެޓެއް އެކުލަވާލާފައިވާއިރު އައު ސަރުކާރުން އެންމެ އިސްކަމެއް ދޭނީ ފެނާއި ނަރުދަމާގެ މައްސަލަތައް ހައްލުކުރުމަށާއި ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށްކަމަށްވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް