ރޭ އެކަނިވެސް މާލޭއިން 60 އުޅަނދު ޓޯކޮށްފި
ރޭ އެކަނިވެސް މާލޭއިން 60 އުޅަނދު ޓޯކޮށްފިއެވެ.
ފުލުހުން އެކްސްގައި ކުރި ޕޮސްޓެއްގައި ބުނެފައިވަނީ ރޭގެ ވަގުތެއްގައި މާލެސިޓީ ތާޖުއްދީން ސްކޫލާއި ހިރިޔާ ސްކޫލް ވަށައިގެންވާ ސަރަހައްދުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި 60 ވެހިކަލް ޓޯ ކޮށްފައިވާ ކަމަށެވެ.
މީގެ ދެ ދުވަސް ކުރިންވެސް ފުލުހުން ވަނީ މާލޭއިން ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި 41 ވެހިކަލް ޓޯ ކޮށްފައެވެ.
މާލޭގައި ޕާުކުކޮށްފައި ހުރި އުޅަނދުތަކުގައި ސްޓިކާ ނުޖަހާނެކަމަށް އެންގުމުން ގިނަ އާއްމުން އަންނަނީ ޤަވާއިދާ ޚިލާފަށް އުޅަނދުތައް ޕާކުކުރަމުންނެވެ. އެގޮތުން ހަތަރު ފުރޮޅުލީ ބޮޑެތި އުޅަނދުތައް ބޮޑުތަކުރުފާނު މަގުގައި ޕާކުކުރާ މައްސަލަވެސް ވަނީ ވަރަށް ބޮޑުވެފައެވެ.
މި މައްސަލަތައް ހައްލުކުރުމަށްޓަކައި ފުލުހުން ވެހިކަލް ޓޯކުރަމުން ގެންދާތާ މިހާރު ހަފްތާއެއް ވަނީ ވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް