ލަންކާގެ ސަފީރުކަމުން މުންދު އިސްތިއުފާދެއްވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރުކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ހުސައިން ޝަރީފް (މުންދު) މަގާމުން އިސްތިއުފާދެއްވައިފިއެވެ.
މުންދު މަގާމުން އިސްތިއުފާ ދެއްވިކަން އެބޭފުޅާ ވަނީ މީޑިޔާތަކަށް ކަށަވަރުކޮށްދެއްވާފައެވެ. މުންދު މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު އެބޭފުޅާ މިވަގުތު ދަނީ ޕީޕީއެމްގެ ޖެނެެރަލް ސެކްރެޓަރީގެ މަގާާމުވެސް އަދާ ކުރައްވަމުންނެވެ.
މުންދު މަގާމަށް އިސްވެވަޑައިގަންނަވާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައެވެ. އޭގެ ކުރިން އެބޭފުޅާ ހުންނެވީ ޖަޕާނުން ރާާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ ގޮތުގައެވެ.
މުހައްމަދު ހުސައިން ޝަރީފަކީ ޚާރިޖީ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މުންދު އެންމެ ފުރަތަމަ ސަރުކާރުގެ ހިދުމަތަށް ގުޅިވަޑައިގެންނެވީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ގައްޔޫމްގެ ދައުރުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް