ހދ. އިން ފެށިގެން ބ. އަތޮޅަށް ހުދު ސަމާލު ނެރެފި
ލިޔުންތެރިޔާ
އަޙްމަދު އާހިލް ސަޢީދު
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހދ. އިން ފެށިގެން ބ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މެޓު އޮފީހުން އެކްސްގައި ކުރި ޕޯސްޓަކުން ހދ. އިން ފެށިގެން ބ. އަތޮޅަށް ހުދު ސަމާލު ނެރެފައިވަނީ، މިއަދު ހެނދުނު 9:15 އިން މެންދުރު 3 އާއި ހަމައަށެވެ.
އަދި މިއަދު މެޓު އޮފީހުން ލަފާ ކުރާ ގޮތުގައި، ބޯކޮށް ވާރޭވެހި މި ސަރަހައްދުތަކަށް ގުގުރާނެއެވެ.
މެޓު އޮފީހުން އެކްސްގައި ކުރި ޕޯސްޓް
އިއްޔެ ވެސް މެޓު އޮފީހުން ވަނީ ފުވައްމުލަށް ސިޓީ އާއި އައްޑޫ ސިޓީ ފިޔަވައި ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައެވެ.
މިހާރު ރާއްޖެއަށް ހުޅަނގު މޫސުން ފެށިފާވާއިރު، މި ދުވަސްވަރަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް ވެސް އިތުރު ދުވަސްވަރެކެވެ. އެގޮތުން، އެޗްޕީއޭއިން ވަނީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް