ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެ އަށް ހުދު ސަމާލު ނެރެފި!
ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާ (މެޓް އޮފީސް) އިން މުޅި ރާއްޖެ އަށް ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ބުނީ މިއަދު މެންދުރު 12:30 އިން ފެށިގެން މިއަދު ހަވީރު 17:00 އާއި ހަމައަށް މުޅި ރާއްޖެ އަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާ ކުރާ ކަމަށެވެ.
މި ދުވަސްވަރަކީ ރާއްޖެ އަށް މޫސުން ގޯސް ދުވަސްވަރަކަށް ވާއިރު، ދާދި ފަހުން މެޓް އޮފީހުން ވަނީ ކުރިއަށް އޮތް ހަތަރު މަހު، އުތުރާއި މެދުރާއްޖެތެރެއަށް ޢާންމުކޮށް ވެހޭވަރަށްވުރެ އިތުރަށް ވާރޭ ވެހޭނެކަމަށް ލަފާ ކޮށްފައެވެ.
އެގޮތުން މި އަހަރުގެ ޖޫން, ޖުލައި, އޮގަސްޓް އަދި ސެޕްޓެމްބަރު މަހު އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް ޢާންމުކޮށް ވާރޭވެހޭ މިންވަރަށް ވުރެ އިތުރަށް ވާރޭވެހޭނެ ކަމަށާއި ރާއްޖޭގެ ދެކުނަށް އެ ހަތަރު މަހު، ވާރޭވެހޭނީ ޢާންމުކޮށް ވެހޭ މިންވަރަށްވުރެ މަދުން ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް