ދަނޑުވެރިކަމާއިބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހުސެއިން އިސްމާއިލް މަގާމުން ވަކިކޮށްފި
މިސަރުކާރުގެ ދަނޑުވެރިކަމާއިބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކޮށްފައިވާ ހުސެއިން އިސްމާއިލް މަގާމުން ވަކިކޮށްފިއެވެ.
ހުސެއިން މަޤާމުން ވަކިކޮށްފައިވާކަން ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ހަލީލު ވަނީ "ވޮއިސް" އަށް ކަށަވަރު ކޮށްދެއްވާފައެވެ. އަދި ހަމަ އެހެންމެ ހުސެއިންވެސް ވަނީ އެކަން މީޑިޔާތަކަށް ކަށަވަރު ކޮށްދެއްވާފައެވެ.
ކާނަލް ނާޒިމުގެ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސްކަން ކުރައްވާ ހުސައިން އިސްމާއިލް ސްޓޭޓް މިނިސްޓަރުގެ މަގާމަށް ހަމަޖައްސަވާފައިވަނީ މިދިޔަ ޖެނުއަރީ މަސްތެރޭގައެވެ.
ހުސެއިން ސްޓޭޓް މިނިސްޓަރ ކަމުން މިއަދު ވަކިކުރެއްވި ނަމަވެސް މަޤާމުން ވަކިކުރެއްވި ސަބަބެއް ހުސެންވެސް އަދި ސަރުކާރުންވެސް ހާމަކުރައްވާފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް