އަލިފާނުގެ ހާދިސާއާއި ގުޅިގެން ރިލީފް އެކައުންޓެއް ހުޅުވައިފި
މިދިޔަ ހުކުރު ދުވަހު ހެންވޭރުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން ގެއްލުންވި ފަރާތްތަކަށް އެހީވުމަށް ރިލީފް އެކައުންޓެއް ހުޅުވައިފިއެވެ.
މި އެކައުންޓް ހުޅުވާފައިވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންްޓް ސެންޓަރ، އެންޑީއެމްއޭގެ ފަރާތުންނެވެ.
އެ އޮތޯރިޓީން ބުނީ، ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތައް އެ ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އެކަމަށް ހާއްސަ އެކައުންޓެއް މިހާރު ހުޅުވާފައިވާނެ ކަމަށެވެ.
އެކައުންޓްގެ ނަން: 20 ސެޕްޓެމްބަރ މާލެ ފަޔަރ ރިލީފް އެކައުންޓް
އެކައުންޓް ނަންބަރު: 7730000284246
ޑިޒާސްޓާ މެނޭޖްމަންޓުން ބުނިގޮތުގައި މި ހާދިސާއާއި ގުޅިގެން 400އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް