"އެމްއެސް ކްރިސްޓަލް ސިންފަނީ" ފޮޓޯ: ވޮއިސް
"އެމްއެސް ކްރިސްޓަލް ސިންފަނީ" ފޮޓޯ: ވޮއިސް
ވިޔަފާރި 23 Mar 2025 | 18:25

އެމްއެސް ކްރިސްޓަލް ކްރޫޒްލައިނާ ދެވަނަ ފަހަރަށް ރާއްޖެ އަތުވެއްޖެ

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ދުނިޔޭގެ އެކި ޤައުމުތަކަށް ދަތުރުކުރަމުން އަންނަ ކްރޫޒްލައިނާއެއްކަމަށްވާ، "އެމްއެސް ކްރިސްޓަލް ސިންފަނީ" މިއަހަރު ދެވަނަ ފަހަރަށް ރާއްޖެ އަތުވެއްޖެއެވެ.

އެމްއެސް ކްރިސްޓަލް ސިންފަނީ މިފަހުން ރާއްޖެ އައިސްފައިވަނީ، އަވައްޓެރި ސްރީލަންކާގެ ކޮޅުނބުން ފުރައިގެން މިއަދުއެވެ.

މިކަމާ ގުޅޭގޮތުން މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، އެމްއެސް ކްރިސްޓަލް ސިންފަނީން ރާއްޖެ އައި 307 ފަތުރުވެރިންނަށް ކްލިއަރަންސް ދީފައިވާކަަމަށެވެ. އިމިގްރޭޝަނުން ވަނީ އެ ކްރޫޒްލައިނާއިން ރާއްޖެއައި 477 ފަޅުވެރިންނަށްވެސް ކްލިއަރަންސްދީފައެވެ. ކްރޫޒްލައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަރާތްތަކަށް އިމިގްރޭޝަނުން ކްލިއަރަންސް ދީފައިވަނީ ސީޕޯޓް ޑިވިޒަނުންނެވެ.

"އެމްއެސް ކްރިސްޓަލް ސިންފަނީ" މިއަދު ރާއްޖެ އައިސްފައިވާއިރު، މި ބޯޓު އެންމެ ފުރަތަމަ ރާއްޖެ އައިސްފައިވަނީ، މިއަހަރުގެ ޖެނުއަރީމަހުގެ 10 ވަނަ ދުވަހުއެވެ. މިއަހަރުގެ ތެރޭގައި 7 ކްރޫޒްލައިނާ ވަނީ ރާއްޖެ އައިސްފައެވެ.

މިއަހަރު ރާއްޖެއަށް އެންމެގިނައިން ކްރޫޒްލައިނާއިން މީހުން އައިސްފައިވަނީ އައު އަހަރާ ދިމާކޮށެވެ. އައު އަހަރާ ދިމާކޮށް ރާއްޖެއަށް ބަނދަރުކުރި ކްރޫޒްލައިނާތަކުން 5 ހާހަށްވުރެ ގިނަ ދަތުރުވެރިންނަށް ވަނީ ކްލިއަރަންސްދީފައެވެ. ކްރޫޒްލައިނާ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ކުރިއަރަމުން އަންނަ ވަރަށް މުހިއްމު މާކެޓެއްކަމަށް ޓޫރިޒަމް ސިނާއަތުން ފާހަގަކުރެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހަފްތާ ބަންދުގައި ޕާސްޕޯޓްގެ ސްޓޮކް ލިބޭނެ، 2646 ޕާސްޕޯޓްގެ ބެކްލޮގެއް
08 Oct 2026 ހަބަރު

ހަފްތާ ބަންދުގައި ޕާސްޕޯޓްގެ ސްޓޮކް ލިބޭނެ، 2646 ޕާސްޕޯޓްގެ ބެކްލޮގެއް

މި ހަފްތާ ބަންދުގައި ޕާސްޕޯޓްގެ ސްޓޮކް ލިބޭނެ ކަމަށާ އަންނަ އާދިއްތަ ދުވަހުން ފެށިގެން ޕާސްޕޯޓްގެ ހިދުމަތް އާންމު ހާލަތަށް ގެނެވޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ. މިދިޔަ 11 އަ...

އަންނަ ހަފުތާގައި ޕާސްޕޯޓު ދޫކުރުން އާންމު ހާލަތަށް ގެންނާނެ ކަމަށް އިމިގްރޭޝަނުން ބުނެފި
06 Oct 2026 ހަބަރު

އަންނަ ހަފުތާގައި ޕާސްޕޯޓު ދޫކުރުން އާންމު ހާލަތަށް ގެންނާނެ ކަމަށް އިމިގްރޭޝަނުން ބުނެފި

ޕާސްޕޯޓު ބުކްލެޓުގެ އައު ސްޓޮކެއް ލިބި އަންނަ ހަފުތާގައި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް އާންމު ހާލަތަށް ރުޖޫއަވާނެ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ. ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓިން މެޝިންތަކަށް ދ...

ދަތުރުގެ ކުރިން ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
26 Sep 2026 ހަބަރު

ދަތުރުގެ ކުރިން ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި

ނުރައްކާތެރި ކުށްތަކުގައި ޝާމިލުވާ ބިދޭސީން ރާއްޖެ އެތެރެވުމުގެ ކުރިން ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން ވައިގެ މަގުން ރާއްޖެއަށް އަންނަ އަދި ރާއްޖެއިން ފުރާ އުޅަނދުތަކާއި އެ އުޅަނދުތަކުގައި...

އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
25 Sep 2026 ހަބަރު

އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ސޯޝަން މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވި އެވެ. އެއީ އަންހެނަކާއި ދެ ފިިރިހެނުންނަށެވެ. އެކްސިޑެންޓްގައި އެންމެ ބޮޑު އަނިޔާއެއް ލިބުނީ އުމު...

އިމިގްރޭޝަނުން ތައިލެންޑް އަންހެނަކު ހައްޔަރުކުރި ގޮތް ގޯސްވެގެން އޭނާ ދޫކޮށްލަން ޖެހިއްޖެ
22 Sep 2026 ހަބަރު

އިމިގްރޭޝަނުން ތައިލެންޑް އަންހެނަކު ހައްޔަރުކުރި ގޮތް ގޯސްވެގެން އޭނާ ދޫކޮށްލަން ޖެހިއްޖެ

އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ތައިލެންޑް އަންހެނަކު ހައްޔަރުކުރި ގޮތް ގޯސްވެގެން އެންމެފަހުން އޭނާ ދޫކޮށްލަން ޖެހިއްޖެއެވެ. ކަނަކްޕޮން ނަމަކަށް ކިޔާ މި އަންހެން މީހާ އިމިގްރޭޝަނުން ހައްޔަރުކޮ...

ތޮއްޑޫގައި ބޮޑު އޮޕަރޭޝަނެއް: 107 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
19 Sep 2026 ހަބަރު

ތޮއްޑޫގައި ބޮޑު އޮޕަރޭޝަނެއް: 107 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

‏ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑު ކަމަށް، އާންމުންގެ ގިނަ ޝަކުވާތަކެއް ލިބެމުންދާ އއ. ތޮއްޑޫއަށް އަމާޒުކޮށްގެން ޓާސްކްފޯސްއިން އެ ރަށުގައި ހާއްސަ އޮޕަރޭޝަނެއް ހިންގައިފި އެވެ. މި ސަރުކާ...