ކުޅުދުއްފުށީގައި ބާރު ސްޕީޑުގައި ދުއްވި ޕިކަޕެއް އެކްސިޑެންޓް ވެއްޖެ
ހދ. ކުޅުދުއްފުށީގައި ޕިކަޕެއް ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓްއެއް ހިނގައިފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ އެރަށު އަމީނީމަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ޕިކަޕް ކޮންޓްރޯލް ނުވެ މަގުމަތީގައި ބެހެއްޓިފައިވާ ލައިޓް ޕޯސްޓްގައި ޖެހިގެންނެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި މި އެކްސިޑެންޓް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 9 ޖަހާއިރުއެވެ. އަދި ޕިކަޕް ދުއްވަން އިނީ 21 އަހަރުގެ މީހެއްކަމަށާއި އޭނާ އަތުގައި އެއްގަމު އުޅައްދު ދުއްވުމުގެ ލައިސަންސް އޮންނަކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.
މި އެކްސިޑެންޓަގައި މީހަކަށް އަނިޔާ ނުވިކަމުގައި ވިޔަސް އެކްސިޑެންޓްވި ޕިކަޕްގެ ބަފަރުވަނީ ނެއްޓި ހަލާކުވެފައެވެ.
ފުލުހުން ދަނީ އިތުރަށް މި މައްސަލަ ތަހުޤީގުކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް