ހަވަނަ ބުރީން ވެއްޓުނު މީހާ މަރުވެއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މާލޭގެ ގެއެއްގެ ހަވަނަ ބުރީން ސިޑިގޮޅިއަށް ވެއްޓި އަނިޔާވި މީހާ މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މާފަންނުގައި ހުންނަ ގެއެއްގެ ހަވަނަ ބުރީން އެ ގޭގެ ސިޑިގޮޅިއަށް މީހަކު ވެއްޓިފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އެ ރިޕޯޓް ލިބުނީ މިރޭ 6:29 ހާއިރު ކަމަށެވެ.
ވެއްޓިފައިވަނީ ބަންގްލަދޭޝްގެ ރައްޔިތަކެވެ. އެއީ އުމުރުން 47 އަހަރުގެ މީހެކެވެ. އެ މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ވަނީ މަރުވެފަ އެވެ. ފުލުހުން ބުނި ގޮތުގައި އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފަ އެވެ.
އެ މީހާ ވެއްޓެން ދިމާވި ސަބަބެއް ސާފެއް ނުވެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް