N/A
N/A
ހަބަރު 19 Mar 2019 | 09:33

ޒީރޯ ޓޮލަރެންސުން ހުދުފޮށާ އަޅުވައިދިނުން!

ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގައި އެމްއެމްޕީއާރްސީގެ ވައްކަމުގެ ފައިސާވަދެފައިވޭތޯ ބަލަން ސަސްޕެންޑް ކުރެވުނު ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފުއަކީ މިހާރު ސާފުވެފައިވާ ބޭފުޅެކެވެ. އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއް ނެތްކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ރިޕޯޓެއް ތައްޔާރުކޮށް ރައީސަށް އަރުވާފައެވެ.

އެހެންކަމުން ކުޑަދުވަސްކޮޅެއްގެތެރޭގައި އޭނާގެ ސަސްޕެންޝަން އުވާލައްވައި ކެބިނެޓްގެ ޖަލްސާތަކަށް ހާޒިރުވެވަޑައިގަންނަވަން ފަށްޓަވާނެކަމަށް ބެލެވެއެވެ.

މަހްލޫފްގެ އަތުގައި އެމްއެމްޕީއާރްސީގެ ވައްކަމުގެ ފައިސާ އުނގުޅިފައިނުވާކަމަށް އޭސީސީން ނިންމި ނިންމުމުން ޝައުގުވެރިވާފަދަ ކަންތައްތަކެއް ފާހަގަކުރެވެއެވެ.

ފުރަތަމަ ކަމަކީ އޭސީސީން އެމްއެމްޕީއާރްސީގެ ތަހްގީގީ ރިޕޯޓް ނެރުމާއެކު ސަރުކާރުން އޭސީސީގެ ރައީސްގެ މައްޗަށް ޚިޔާނާތުގެ ތުހުމަތުކޮށް އޭސީސީގެ ތަހްގީގުތަކުން އޭނާ އެއްކައިރި ކުރުމެވެ. ޒީރޯ ޓޮލަރެންސްގެ ސިޔާސަތުގެ ދަށުން ސަރުކާރުން މިކަންކުރަނީ ވަރަށް ވިސްނުންތެރިކަމާއެކުއެވެ. އެއީ މަނީލޯންޑަރިންގެ ތުހުމަތު ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސަރުކާރުން އުފުލުމާއެކު ޔާމީންގެ މައްސަލައިގައި ވަކާލާތުކޮށްފާނެކަމަށް ބެލެވުނު ގާނޫނީ ވަކީލް އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށްވެސް ތުހުމަތެއް ކޮށް އަމަލުކުރާ ބީދައިންނެވެ. އޭރުން ޔާމީންގެ މައްސަލައިގެތެރެއަށް އެއްވެސް ވަރަކަށް އާޒިމާއަށް ނުވަދެވޭނެކަން ސަރުކާރަށް އެގެއެވެ.

އޭސީސީގެ ރިޕޯޓަށްފަހު އޭސީސީގެ ރައީސްގެ މައްޗަށް ކަރޮޕްޝަންގެ ތުހުމަތުކުރުމުން ދެން އެކޮމިޝަންއިން ހިންގާ ތަހްގީގެއްގައި އޭނާއަށް ބައިވެރިނުވެވޭނެއެވެ. އޭސީސީގެ ރިޕޯޓްގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގެ އިސްމަގާމްތަކެއްގައި ތިބި މީހުންނާ އެމްޑީޕީގެ ވަރަށް އިސްބޭފުޅުންގެ ނަންތައް އައިސްފައިވުމުން ސަރުކާރަށް ބަލައިގަނެވުނު ކަމަކަށްނުވެއެވެ.

އެހެންވެ ސީދާ ރައީސްވަނީ އެރިޕޯޓާއިމެދު ސުވާލު އުފައްދަވާފައެވެ. އަދި ކެބިނެޓް ވަޒީރު އަހުމަދު މަހްލޫފާއި އަދި ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ތިބި މީހުންގެ ތެރެއިން ރިޕޯޓްގައި ނަން ބުނެފައިވާ މީހުންގެ ބައިވެރިވުން އޮތްގޮތް ވީހާ އަވަހަކަށް ސާފުކޮށްދޭން އެދިވަޑައިގަތެވެ. އެއާއެކު އޭސީސީން، ރައީސް އެދިވަޑައިގަތް ތަހްގީގަށް މަސައްކަތްފެށިއެވެ. މިތަހްގީގު ހިގަމުންދިޔައިރު އޭސީސީއާދެކޮޅަށް ސިޔާސީ ވަރުގަދަ ކެމްޕެއިނެއް ޖައްސާފައި އޮތެވެ. އެއީ އޭސީސީގެ ހުރިހައި މެމްބަރުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ޕެޓިޝަނެއް ތައްޔާރުކުރުމެވެ.

ޕެޓިޝަނެއް ހަދައިގެން މީހުންގެ ސޮއިހޯދަން އުޅުނު މީހުންނާ އަދި ސޮއިދީފައިވާ މީހުންނަށް ބަލާއިރު އެއީ ނުފޫޒުގަދަ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކުރިކަމެއްކަމަށް ބުނުމުގެ ޖާގަ އެބައޮތެވެ. ބޭނުމަކީ އޭސީސީގެ މެމްބަރުން މަގާމުން ވަކިކޮށްފާނެކަމުގެ ނަފްސާނީ ބިރެއްގެތެރޭގައި ބޭތިއްބުމެވެ. ދެން ޑަބަލް އިންޖީނުއަޅައިގެން ރައީސް އެދިވަޑައިގަތް ތަހްގީގު ނިންމައި ރައީސަށް ރިޕޯޓް އެރުވުމުން އެއޮތީ ނަޒާހަތްތެރިކަން ކަށަވަރުވެފައެވެ.

މައުހްލޫފްގެ ވާހަކަގެނައީ ކެބިނެޓް މިނިސްޓަރެއްވީމައެވެ. މަހްލޫފް ކުރިކަހަލަ މުއާމަލާތްތައް އެހެންމީހުންވެސް ކޮށްފައިވެއެވެ. އެކަމަކު މިނިސްޓަރުގެ މައްސަލަ ރައީސް އިސްކުރެއްވުމުން ހިމަނާލީއެވެ.

އެންމެ ރަނގަޅެވެ. އޭސީސީގެ ތަހްގީގުން ތިޔަ ސާބިތުކޮށްދިނީ އެބޭފުޅުންނަކީ އެމްއެމްޕީއާރްސީގެ ވައްކަމުގެ ފައިސާއާއި ގުޅުން ހުރިބައެއް ނޫންކަމެވެ. އެއީ ތެދަކަށްވެދާނެއެވެ. އެކަމަކު ފައިސާގެ ވަގުވިޔަފާރިކުރި ކުންފުންޏަކާ އެއީ ވަގުވިޔަފާރިކުރުންކަން އެގިއެގި ހުރެ މުއާމަލާތެއްކޮށްފިނަމަ ވާނީ ކިހިނެތްތޯއެވެ.

މިސާލަކަށް ގިނައަދަދަކަށް ޑޮލަރުގަންނަކަމަށްވާނަމަ ނުވަތަ ވިޔަފާރިކުރަން ގިނަ އަދަދަކަށް ޑޮލަރުގަންނައިރު ޑޮލަރު ވިއްކާމީހާއަކީ ޑޮލަރު ވިއްކުމުގެ ލައިސަންސް އޮތް މީހެއްތޯ ވިޔަފާރިވެރިޔާ ބެލުމަކީ އޭނާ ކުރަންޖެހޭ ކަމެކެވެ. މަހްލޫފް އެކައުންޓަށް އެސްއޯއެފްއިން ޑޮލަރު ޖަމާކޮށްދިނީ 2014 ވަނަ އަހަރުގެ އޯގަސްޓްމަހުގެތެރޭގައި ކަމަށް މަހްލޫފް އޭސީސީއާއި ހިއްސާކުރި ރަސީދެއް ބުނެއެވެ.

ހަމައެގޮތަށް އެމްޑީޕީގެ ޗެއަރޕާސަންގެ ކުރީގެ ނައިބް މައުސޫމްގެ ހިއްސާއޮންނަ ސީޖީޓީ ކުންފުނިންވެސް އެސްއޯއެފާއެކު 2014 ވަނަ އަހަރު ޑޮލަރުގެ މުއާމަލާތް ހިންގާފައިވެއެވެ. މައުސޫމްގެ ކުންފުނި ނޫން އެހެންކުންފުނިތައްވެސް އެބަހުއްޓެވެ. އެކަމަކު ރައީސް ދާފޮއްސަވަން ފުރަތަމަ ބޭނުންފުޅުވަނީ އެމަނިކުފާނުގެ ސަރުކާރުގެ މީހުންކަމަށްވާތީ ހިމަނާލީއެވެ. އޭސީސީގެ ތަހްގީގުން އެގެނީ އެސްއޯއެފަށް ޑޮލަރުމާރުކުރުމުގެ ހުއްދަ އެމްއެމްއޭއިން ދީފައިވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީމަހުގައިކަމެވެ. ހުއްދައުވައިލީ 2016 ވަނަ އަހަރުގެތެރޭގައެވެ.

އެހެންކަމުން 2014 ވަނަ އަހަރު ޑޮލަރު ވިއްކުމުގެ ވިޔަފާރިއެއް އެސްއޯއެފުން ކޮށްފައިވާނަމަ އެވިޔަފާރިވާނީ ވަގު ވިޔަފާރިއަކަށެވެ. ވަގު ވިޔަފާރި ހިންގި ކުންފުންޏަކާއެކު ވިޔަފާރި މުއާމަލާތްކޮށްފައިވާނަމަ އެކަންބެލޭނީ ކޮންގޮތަކަށްތޯއެވެ. އެހެންވީމާ އެސްއޯއެފުން ޑޮލަރުގަނެވިއްކުމުގެ ހުއްދަނުހޯދައި ހިންގި ބޮޑެތި ބޮޑެތި މުއާމަލާތްތަކުގައި ބައިވެރިވެފައިވާ ހުރިހާ ފަރާތްތަކެއްގެވެސް ފަސްބައިގައި ކިލަނބުކަމެއް އުފެދިފައިވާކަމަށް ބުނުމުގެ ޖާގަ އެބައޮތެވެ. ހަމައެކަނި މަހްލޫފެއް ނޫނެވެ. އެމުއްދަތުގައި މުއާމަލާތްކޮށްފައިވާ ހުރިހާ ފަރާތްތަކެއްވެސް މީގައި ޝާމިލްވާނެއެވެ. އޭސީސީއަށް ބިރުދައްކައިގެން ބޭނުންވާ މީހެއްގެ ގައިގައި ހުދުފޮށައެއް އެޅުވިޔަސް އޭސީސީގެ ރިޕޯޓް އިންޓަރނެޓުން ބެލެންހުރިހައި ހިދަކު އޮންނާނީ ހަމަ ވަގުވިޔަފާރީގެ މުއާމަލާތުގައި ބައިވެރިވި ކަމަށެވެ. ސަރުކާރުން ނެރޭ ބަޔާނަކުން ވަކިބަޔަކު ތާހިރުވެއްޖެއޭ ބުންޏަކަށް ތާހިރެއް ނުވާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...