މާލޭ މީހުން ޕިކްނިކު ދާނެ ރަށެއް ހަދައި ދޭނަން: ރައީސް ޞާލިހް
އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފުރިހަމަ ފެސިލިޓީސްތަކާއެކު މާލެއާ ވަރަށް ކައިރިން ދަތުރު ދާނެ ރަށެއް ވެސް ހަމަޖެހިގެން ދާނެ ރައީސް ޞާލިހް ރޭވިދާޅު ވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރޭ ބޭއްވި އެމް.ޑީ.ޕީ ކެންޑިޑޭޓު އީވާ އަބްދުﷲގެ ކެމްޕެއިން ޖަލްސާ ގައިއެވެ.
މާލެ ކައިރީގައި ޕިކްނިކް ދާނެ ރަށެއް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވިދާޅުވެފައިވެ އެވެ. މިރޭ ރައީސް އިއުލާން ކުރެއްވީ އެ ރަށް ވަރަށް އަވަހަށް ހަމަޖެހިގެން ދާނެ ކަމެވެ
ރޭ ޖަލްސާގައި ރައީސް ވަނީ ވަރަށް އަވަހަށް މާލޭ މީހުންނަށް ގެދޮރު ހޯދައި ދިނުމުގެ ހާއްސަ މަޝްރޫއެއް ފައްޓާނެ ވާހަކަވެސް ވިދާޅުވެފައިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް