ޖޭއެސްސީގެ މެންބަރު ކަމަށް ފާރިސް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މަޖިލީހުގެ ފަރާތުން ޖުޑިޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ހުންނަވާ މެންބަރު ކަމަށް ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން އައްޔަން ކުރަން މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން ފާސްކޮށްފިއެވެ.
މަޖިލީހުގެ ފަރާތުން މީގެ ކުރިން ޖޭއެސްސީގެ މެންބަރުކަމުގައި ހުންނެވީ ގުރައިދޫ ދާއިރާގައި މެންބަރ އިބްރާހިމް ރިޒާއެވެ. އިއްޔެ ބޭއްވުނު މަޖިލިސް ޖަލްސާގައި ވަނީ އޭނާ މަގާމުން ދުރުކޮށްފައެވެ.
މިއަދު ގެ މަޖިލީހުގައި ނެގި ވޯޓުން ފާރިސް ޖޭއެސްއީއަށް އައްޔަން ކުރުމަށް 67 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް