ބޮޑު ޖަމާއަތް ބޭއްވިޔަސް މިސްކިތްތަކުގައި ނަމާދު ކުރެވެން ވާނެ: މިނިސްޓްރީ
މިއަހަރުގެ ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރިއަސް، ކޮންމެ ރަށެއްގައި އެންމެ މިސްކިތެއްގައި ނަމަވެސް ކުރަންވާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މިއަހަރުގެ އީދު ނަމާދު ކުރުމާއި ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެެއްގައި ވާހަކަފުޅު ދައްކަވަމުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދުﷲ ޖަމީލް ވިދާޅުވީ، ރަށްރަށުގެ މިސްކިތްތަކުގައިވެސް ނަމާދު ކުރުމުގެ އިންތިޒާމު ހަމަޖައްސަން ޖެހެނީ މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވާތީ ކަމަށެވެ.
އެގޮތުން ޖަމީލް ވިދާޅުވީ ގިނަ ރަށްރަށުންވެސް ރިކުއެސްޓް ކޮށްފައި އޮތީ ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމުގެ ހުއްދަ ދިނުމަށްކަމަށާއި ނަމަވެސް ބޮޑު ޖަމާއަތުގައި ކުރި ނަމަވެސް އެ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި ޢީދު ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސަންވާނެކަމަށެވެ.
"މިއީ ވިއްސާރަ ދުވަސް ވަރަކަށްވާތީ އެކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެ." އަހުމަދުﷲ ވިދާޅުވިއެވެ.
މީގެ އިތުރުން އެބޭފުޅާ ވިދާޅުވީ، ވިލިމާލެ އަދި ހުޅުމާލޭގައި ވެސް ބޮޑު ޖަމާއަތުގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށާއި، ނަމަވެސް ބައެއް މިސްކިތްތަކުގައިވެސް ޢީދު ނަމާދު ކުރުން ކުރިއަށް ދާނެ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް