ފެނަކައިން ވަކިވާން ބޭނުންވާ މުވައްޒިފުންނަށް ފުރުސަތެއް، ހަތަރު މަހުގެ މުސާރަ ދޭނެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ފެނަކައިން ވަކިވާން ބޭނުންވާ މުވައްޒިފުންނަށް ފުރުސަތު ދޭން ނިންމާ އެފަދަ މުވައްޒިފުންނަށް ދޭނެ އިނާޔަތްތައް ކަނޑައަޅާ އެކަމަށް ހުޅުވާލައިފި އެވެ.
ފުރުސަތު އޮތްކަން އަންގާ މުވައްޒިފުންނަށް މިހާރު ވަނީ އިންޓާނަލް މެމޯއެއް ފޮނުވާފަ އެވެ. އެ މެމޯގައި ބުނީ ފެނަކައިން ވަކިވާން ބޭނުންވާ މުވައްޒިފުންނަށް ފުރުސަތު ހުޅުވާލާ ކަމަށެވެ. އެ ފުރުސަތު މި މަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.
އެގޮތަށް ވަކިވާން އެދޭ މުވައްޒިފުންނަށް އެއް ފަަހަރާ ހަތަރު މަހުގެ މުސާރަ ދޭނެ އެވެ.
ފެނަކަ އަކީ އެންމެ މުވައްޒިފުން ގިނަ އެއް ކުންފުންޏެވެ. އެ ކުންފުނީގެ ހިސާބުތައް ދައްކާގޮތުން 8,000 ވުރެ ގިނަ މުވައްޒިފުން އެބަ ތިއްބެވެ. ފެނަކަ އަކީ ސިޔާސީ ބޭނުމަށް ނުފޫޒުގެ ތެރެއިން އެންމެ ގިނަ މުވައްޒިފުން ވައްދާފައިވާ ކުންފުންޏެވެ.
އެ ކުންފުނީގައި އެއްވެސް މަސައްކަތެއް ނެތި ތިބި އެތައް މުވައްޒިފަކު ވެސް ހިމެނެ އެވެ. ބައެއް މުވައްޒިފުން އޮފީހަށް ވެސް ނިކުންނަން ނުޖެހެ އެވެ. ބައެއް މުވައްޒިފުންނަށް ކާޑު ޖަހަން ދާން ވެސް ނުޖެހެ އެވެ. ނަމަވެސް ކޮންމެ މަހަކު މުސާރަ ދެ އެވެ.
އެ ކުންފުނީގެ ތެރޭގައި އެފަދަ ކަންކަން ބޮޑުވެ ގެއްލުމުގައި ހިންގާ ކުންފުންޏަކަށް ވަނީ ބަދަލުވެފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް