ހިންގުމުގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރަންޖެހޭ: އިމްރާން
ހިންގުމުގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރަންޖެހޭ ކަމަށް ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
ޝައިޚް އިމްރާން ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު އިސްލާހުކުރުމުގެ މަސައްކަތްނިމޭއިރު ކައުންސިލްތަކުގައި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުވެގެންދާނެގޮތެއް ހަމަޖެހިގެންދިއުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.
އަދި އެހެންމެ ހިންގުމުގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުވުމަކީ މިހާރަށްވުރެ މައްސަލަތައް މަދު މުޖުތަމައުއެއް ހާސިލުވާނެކަމެއްގެ ގޮތުގައިވެސް އެބޭފުޅާ ވަނީ ސިފަކުރައްވާފައެވެ.
މީގެ ސަބަބެއްގެ ގޮތުގައި ޝައިޚް އިމްރާން ފާހަގަކުރެއްވީ ރާއްޖެއަށް ދިމާވެފައިވާ ޢިޖުތިމާއީ މައްސަލަތަކުގައި ވިކްޓިމައިޒްވެގެންދާ ގިނަބަޔަކީ އަންހެނުންނާ ކުޑަކުދިންނަށް ވެފައިވުމެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް