މުޅި ގައުމު ރޮއްވާލަމުން ނިޔާވި ފަސް މީހުން ވަޅުލައިފި
ހދ.ނޮޅިވަރަމްފަރުން ފުރައިގެން ހދ.ހަނިމާދޫއަށް ދަތުރުކުރަނިކޮށް ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި ފަސް މީހުން ވަޅުލައިފިއެވެ.
މި ފަސްމީހުން ވަޅުލާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ހދ.ހަނިމާދޫ ސަހަރާގައެވެ. މި ފަސް މީހުންވެސް ވަޅުލާފައިވަނީ އެއް ކަށްވަޅެއްގައެވެ.
މި ހާދިސާގައި ނިޔާވެފައި ވަނީ ހުސައިން އަބްދުﷲ އާއި އޭނާގެ އަންހެނުން މަރިޔަމް މަނިކާއި، ދެމަފިރިންގެ ދަރިފުޅު ގުރައިޝާ އަބްދުﷲ އާއި އޭނާގެ ދަރިފުޅު އީރާ ހަސަން ޝިފާޒްގެ އިތުރުން، އައިޝަތު އަލީ އެވެ.
މި މީހުންގެ ޖަނާޒާގައި ހެޔޮއެދޭ ގިނަ ފަރާތްތައް ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހަނިމާދޫ އަދި ނޮޅިވަަރަމްފަރު ރައްޔިތުންގެ އިތުރުން މާލޭގައި ތިބި ފަރާތްތައް ހިމެނެއެވެ.
ބަންޑުންޖަހާލި ލޯންޗްގައި ދިހަ މީހުން ދަތުރުކުރިއެވެ.
ފޮޓޯ: ވަގުތު
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް