ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީ ޖެނުއަރީ 31ގައި!
2020ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީީޕީގެ ޕްރައިމަރީ އަންނަ އަހަރުގެ ޖެނުއަރީމަހުގެ 31ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
މިކަން ހާމަކޮށް މިރޭ އެމްޑީޕީން ވަނީ އެ ޕްރައިމަރީއާއި ގުޅޭ ޓައިމްލައިނެއް އާންމުކޮށްފައެވެ.
އެގޮތުން މިއަންނަ އަންގާރަ ދުވަހު އެ ޕްރައިމަރީ އިއުލާން ކުރެވިގެންދާއިރު، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 7ވަނަ ދުވަހު ވޯޓާސް ލިސްޓް އިއުލާންކުރެވިގެންދާނެއެވެ. މި ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ތިން ދުވަހުގެ މުއްދަަތަކަށް ލިބިގެންދާނެއެވެ.
މި ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުވާނީ 10ޖެނުއަރީ ވާ ހުކުރު ދުވަހުގައެވެ. އަދި 13ޖެނުއަރީގައި ކެނޑިޑޭޓުންގެ ލިސްޓް އާންމުކުރެވިގެންދާއިރު، 15 ޖެނުއަރީގައި އެންމެ ފައިނަލް ވޯޓާސް ލިސްޓް އާންމުކުރެވިގެން ދާނެއެވެ.
މި ޕްރައިމަރީގައި ވޯޓުލެވޭނީ މި އަހަރު ނިމޭއިރު އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ތިބޭ ފަރާތްތަކަށެވެ. މިހާރުވެސް އެޕާޓީގެ ބައެއް މެންބަރުން ދަނީ ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ކުރަމުންނެވެ.
އެމްޑީޕީގެ ޕްރައިމަރީތަކަކީ ވާދަވެރި އަދި ގިނަބަޔަކު އެކަމެއް ގާތުން ބަލާ ކަަމަކަށްވުމުން ވޮއިސްއިން ވަނީ މި އިންތިޚާބުގެ ޚަބަރުތައް ގެނެސްދިނުމަށް ނިންމާފައެވެ. މިގޮތުން ވޯޓުލާ ދުވަހުގެ ކަވަރޭޖްގެ އިތުރުން ކެނޑިޑޭޓުންގެ ޚަބަރުތައްވެސް ވޮއިސް މެދުވެރިކޮށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓުން ވޮއިސް މެދުވެރިކޮށް ޚަބަރުތައް ގެނެސްދޭން ބޭނުންވާނަަމަ ވޮއިސްގެ ހޮޓްލައިން 9956888 އަށް ގުޅައިގެން ނުވަތަ މި ނޫހުގެ އީމެއިލްކަމުގައިވާ [email protected] އަށް މެއިލްކޮށްގެން ކުރިއަށް ގެންދެވޭނެއެވެ.
ވޮއިސްގެ ޓީމުން ވަނީ އެމްޑީޕީގެ ޕްރައިމަރީގެ އިތުރުންވެސް ކައުންސިލް އިންތިޚާބުގައި ވާދަކުރާާ އެހެން ޕާޓީތަކުގެ ކެނޑިޑޭޓުންނާއި އަމިއްލަ ކެނޑިޑޭޓުންގެ ޚަބަރުތައްވެސް ގެނެސްދިނުމަށް ނިންމާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް