ވެއްލަވައްތައިން އެއް ކިލޯގެ ގޮވާތަކެއްޗާއި އެކު ބަޔަކު ހައްޔަރުކޮށްފި
ސްރީލަންކާގައި މިދިޔަ އާދިއްތަ ދުވަހު ދިން ނިރުބަވެރި ހަމަލާތަކާއި ގުޅިގެން ސަލާމަތީ ބާރުތަކުން ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަންތަކުގައި ގިނަ އަދަދަކަށް ދިވެހިން އުޅޭ ވެއްލަވައްތަ ސަރަހައްދުން އެއް ކިލޯގެ ގޮވާތަކެތި ހޯދައިފިއެވެ.
ލަންކާގެ ފުލުުހުންނާއި ހަވާލާދީ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި މި ގޮވާތަކެތި ފެނިފައިވަނީ ވެއްލަވައްތަ ރެއިލްވޭ ސްޓޭޝަން ކައިރިންނެވެ. ތްރީ ވީލަރ އެއްގައި ހުއްޓާ މި ތަކެތި އަތުލައިގެންފައިވަނީ ތިން މީހުންނާއި އެކުގައެވެ.
މިއީ ސީފޯ ޒާތުގެ ގޮވާތަކެތިކަމަށް ލަންކާގެ ފުލުހުން މައުލޫމާތުދެއެވެ.
މީގެ އިތުރުން މިރޭ އެގައުމުގެ ސަލާމަތީ ބާރުތަކުން އަމްޕާރާގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ވަނީ ގިނަ އަދަދެއްގެ ދަގަނޑު ބޯޅައާއި، ޑްރޯންއަކާއި، އައިއެސްގެ ދިދަ، ޔުނިފޯމް ފަދަ ތަކެތިވެސް ހޯދާފައެެވެ.
އަދި މީގެ އިތުރުން އެ ސަރަހައްދުގައި ސިފައިންނާއި ބަޔަކާއި ދެމެދު ބަޑީގެ ހަމަލާތަކެއް ދަނީ ދެމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް