ބަޔަކު ނަމާދު ކުރަނީ- ފޮޓޯ/ ވޮއިސް
ބަޔަކު ނަމާދު ކުރަނީ- ފޮޓޯ/ ވޮއިސް
ދީން 05 Jun 2026 | 08:00

ކުޅަދާނަވީ މިންވަރަކުން ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތްތައް މަނާކުރުމަކީ އެންމެންގެ ޒިންމާއެއް: ޚުތުބާ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ކުޅަދާނަވީ މިންވަރަކުން ހެޔޮކަންތައްތަކަށް އަމުރުކުރުމާއި ނުބައިކަންތައްތައް ނަހީކުރުމަކީ މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެ އިޖުތިމާޢީ އަދި ދީނީ ޒިންމާއެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"ހެޔޮ ކަންތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރުން" މި މައުޟޫޢަށް މިއަދު ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި ހުކުރު ޚުތުބާގައި ބުނީ، މާތް الله އަށް އީމާންވުމާއި، ހެޔޮކަންކަމުގައި އެކަކު އަނެކަކަށް އެހީތެރިވެ، ނުބައިކަންކަމުން މުޖުތަމަޢު ރައްކާތެރިކުރުމަކީ އިސްލާމްދީނުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ.

ޚުތުބާގައި ބުނި ގޮތުގައި، ހެޔޮ ކަންތަކަށް އަމުރުކޮށް، މުންކަރާތްތައް ނަހީކުރުމުގެ ޒިންމާއަކީ މާތް الله ވެރިކަން ދެއްވައިފައިވާ ބައެއްގެ އެންމެ އިސް ވާޖިބެވެ. މިކަމުގެ މުހިންމުކަން ބަޔާންކުރައްވައި ކީރިތި ޤުރުއާނުގެ އާޔަތްތަކުންނާއި ރަސޫލާގެ ޙަދީޘްފުޅުތަކުން ދަލީލު ދައްކަމުން ޚުތުބާގައި ބުނީ، މުންކަރާތެއް ފެނިއްޖެ ނަމަ އަތުން ނުވަތަ ދުލުން ނުވަތަ ހިތުން އެކަމަށް އިންކާރުކުރަން ޖެހޭނެ ކަމަށެވެ.

ދިވެހި މުޖުތަމަޢުގެ ޙާލަތަށް އަލިއަޅުވާލަމުން ޚުތުބާގައި ބުނީ، ރާއްޖޭގައި އޮތް އެއްބައިވަންތަކަމާއި ރިވެތި އަޚުލާޤީ ސިފަތައް ދަމަހައްޓަން ޖެހޭ ކަމަށެވެ. ނަމަވެސް، މިއަދު ޤައުމުގެ އިޖުތިމާޢީ ފޭރާމަށް ބަލާއިރު، މީސްތަކުންގެ ލެޔާއި، މުދަލާއި، އަބުރު ރައްކާތެރިކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން ޚުތުބާގައި ފާހަގަކުރިއެވެ.

މުޖުތަމަޢުގައި ހިނގާ ނޭއްގާނީ ޢަމަލުތައް ހުއްޓުވުމުގެ މުހިންމުކަން ބަޔާންކޮށްދިނުމަށް، ނަވެއްގައި ދަތުރުކުރި ބައެއްގެ މިސާލު ޚުތުބާގައި ދިނެވެ.

ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "މާތް الله ކަނޑައަޅުއްވައިފައިވާ އިމުގައި ޤާއިމުވެ ހުންނަ މީހާއާއި، އެކަލާނގެ ކަނޑައަޅުއްވައިފައިވާ އިން ފަހަނަޅައިދާ މީހާގެ މިސާލަކީ ނަވެއްގައި ދަތުރުކުރި ބައެއްގެ މިސާލެވެ. ޤުރުޢަތު ލައިގެން އެއް ބަޔަކު ތިބޭން ޖެހުނީ ނަވުގެ މަތީބައިގައެވެ. އަނެއް ބަޔަކު ނަވުގެ އަޑީބައިގައެވެ. އަޑީބައިގައި ތިބޭ މީހުން ފެން ހޯދާންޖެހެނީ މަތީބައިގައި ތިބި މީހުންގެ ތެރެއިން ގޮހެވެ. ވީމާ، އަޑީގައި ތިބި މީހުން ބުންޏެވެ! އަހަރެމެން މި ތިބޭ ހިސާބުން ނަވުގެ އަޑީން ތަނެއް ފޫވައްޓައިލަމާ ހިނގާށެވެ! އެއިރުން މަތީގައި ތިބި މީހުންނަށް އުނދަގޫ ނުކޮށް އަހަރެމެންނަށް ފެން ލިބޭނެއެވެ. ފަހެ އެ މީހުން އެ ކުރާން އުޅުނު ކަންތައް ކުރާން އެ މީހުން ދޫކޮށްލައިފި ނަމަ، ނަވުގައި ދަތުރުކުރާ އެންމެން ހަލާކުވެދާހުށްޓެވެ. އަދި އެ މީހުންގެ އަތުގައިހިފަހައްޓައި އެ ކަން ހުއްޓުވައިފި ނަމަ، އެ މީހުންނާއި، ނަވުގައި ދެންތިބި މީހުން ވެސް، ސަލާމަތްވާހުށްޓެވެ."

اَلْإِمَامُ الْغَزَالِي - رَحِمَهُ اللهُ ވިދާޅުވެފައި ވެއެވެ. "ހެޔޮ ކަންތަކަށް އަމުރުކުރުމާއި ނުބައި ކަންތައް ނަހީކުރުމަކީ އިސްލާމްދީނުގެ އެންމެ މަތިވެރި އެއް ތަނބެވެ. އެއީ އެ މަޤުޞަދަކަށް ޓަކައި، އެންމެހައި ރަސޫލުބޭކަލުންނާއި ނަބީބޭކަލުން ފޮނުއްވުނު މަޤުޞަދެވެ. އެ ކަން ހުއްޓައިލެވި، އެ ކަމާ ބެހޭ ޢިލްމު ނެތިހިނގައްޖެ ނަމަ، ނަބީބޭކަލުން ފޮނުއްވުމުގެ މަޤުޞަދު ގެއްލުނީއެވެ. އަދި ދީނުގެ އުޞޫލުތައް ފުނޑުފުނޑުވެ، ރަސޫލުބޭކަލުން ގެނެސްދެއްވި ހިދާޔަތުގެ އަސަރު ފިލައިދިޔައީއެވެ. އެއިރުން މަގުފުރެދުމާއި ޖާހިލުކަން ފެތުރި، މުޖުތަމަޢުގައި ފަސާދަ ޢާންމުވެ، ރަށްތައް ޚަރާބުވެ، އަޅުތަކުން ހަލާކާ ކުރިމަތިލާން ޖެހިދާނެއެވެ. އަދި ހިސާބު ބައްލަވާ ދުވަސް އަތުވެއްޖައުމަށް ދާންދެން އެ ބައިމީހުންނަށް އެ ކަމެއް ނުވިސްނޭހުއްޓެވެ."

މިއާއެކު ޚުތުބާގައި ވަނީ، ހަރުދަނާ އަޚުލާޤީ ޖީލެއް ބިނާކުރުމަށްޓަކައި މައިންބަފައިންނާއި، މުދައްރިސުންނާއި، ދީނީ ޢިލްމުވެރިން އަދި މަސްއޫލުވެރިން އެމީހުންގެ ފަރުދީ ޒިންމާ ފުރިހަމައަށް އަދާކުރުމަށް ގޮވާލާފައެވެ. އަދި ފިތުނަވެރިކަމުން ދުރުހެލީވެ، މުޖުތަމަޢުގެ މަޞްލަޙަތު އިސްކުރުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސްކުރިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން: ޚުތުބާ
09 Oct 2026 ދީން

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން: ޚުތުބާ

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތު...

ދިރިއުޅުމުގެ ދަތިތަކާއި ތަކުލީފުތަކަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން: ޚުތުބާ
02 Oct 2026 ދީން

ދިރިއުޅުމުގެ ދަތިތަކާއި ތަކުލީފުތަކަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން: ޚުތުބާ

މިއަދުގެ ދިރިއުޅުމުގައި ކުރިމަތިވާ ހާސްކަމާއި، ނަފުސާނީ އެކި ގޮންޖެހުންތަކާއި ތަކުލީފުތަކަށް އޮތް އެންމެ މަތިވެރި އަދި އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން ކަމަށް މިއަދުގެ ހ...

ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން: ހުކުރު ޚުތުބާ
25 Sep 2026 ދީން

ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން: ހުކުރު ޚުތުބާ

މިއަދުގެ ޒަމާނުގައި މާއްދީ ގޮތުން ކިތަންމެ ކުރިއަރައި ފަސޭހަތައް އިތުރުވި ނަމަވެސް، ޙަޤީޤީ ހިތްހަމަޖެހުމާއި، އަމާންކަމާއި އަދި ނަޖާވުން ލިބެން އޮތީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެތިބެގެން ކަމަށް މިއ...

ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ: ހުކުރު ޚުތުބާ
18 Sep 2026 ދީން

ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ: ހުކުރު ޚުތުބާ

ދަރަންޏެއް ނަގަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ރިބާ އެކުލެވޭ ދަރަނިތަކާ ދުރުހެލިވުމަށް މިއަދުގެ ހުކުރު ޚުތުބާގައި މުޅި ރާއްޖޭގެ މުސްލިމުންނަށް ގޮވާލައިފިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި...

އިސްލާމްދީނުގެ އަސާސްތައް ރާއްޖޭގައި ދާއިމަށް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ: ޚުތުބާ
11 Sep 2026 ދީން

އިސްލާމްދީނުގެ އަސާސްތައް ރާއްޖޭގައި ދާއިމަށް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ: ޚުތުބާ

ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެ...

ކުޑަކުދިންނަށް އަނިޔާވާ މީހުންގެ ތެރޭގައި މައިންބަފައިން ހިމެނޭ؛ އެފަރާތްތަކަށް ހަރުކަށި އަދަބު ދޭންޖެހޭ: ޚުތުބާ
04 Sep 2026 ދީން

ކުޑަކުދިންނަށް އަނިޔާވާ މީހުންގެ ތެރޭގައި މައިންބަފައިން ހިމެނޭ؛ އެފަރާތްތަކަށް ހަރުކަށި އަދަބު ދޭންޖެހޭ: ޚުތުބާ

ކުޑަކުދިންނަށް އަނިޔާވާ މީހުންގެ ތެރޭގައި އެމީހުންނަށް އެންމެ ބޮޑަށް އަޅާލަންޖެހޭ މައިންބަފައިންވެސް ހިމެނޭ ކަމަށާ، އެފަދަ ފަރާތްތަކަށް ހަރުކަށި އަދަބު ދޭންޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފ...