ސައިކަލު ތަކުގައި ރޯ ކޮށްލާފައިވާ ކަމުގެ ހެއްކެއް ނެތް: ފުލުހުން
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ޕާކު ކޮށްފައި ހުއްޓާ ރޯވި ސައިކަލުތަކުގައި މީހަކު ގަސްތުގައި ރޯކޮށްލާފައިވާ ކަމުގެ އެއްވެސް އަދި މިހާތަނަށް ލިބިފައި ނުވާ ކަމަށް ފުލުހުންގެ އިސް ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވެއްޖެއެވެ.
ރޭ 00:37 ހާއިރު ހެންވޭރު މެހެލިގޯޅީގައި ޕާކުކޮށްފައި ހުރި ސައިކަލްތަކެއްގައި އަލިފާންރޯވެ، ފަސް ސައިކަލު ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.
މި ހާދިސާއާއި ގުޅިގެން ބައެއް ނޫސްތަކުން އެ ސައިކަލު ތަކުގައި ބަޔަކު ގަސްތުގައި ރޯކޮށްލީ ކަމަށް ބުނެ ޚަބަރުތައް ވަނީ ފަތުރާފައެވެ.
އެކަމާއި ގުޅިގެން ޝިފާން އެކްސްގައި ކުރެއްވި ޕޯށްޓެއްގައި ވިދާޅުވީ، ސައިކަލު ތަކުގައި މީހަކު ގަސްތުގައި ރޯކޮށްލާފައިވާ ކަމުގެ އެއްވެސް ހެއްކެއް އަދި ފެނިފައި ނުވާ ކަމަށެވެ.
މިހާތަނަށް ބެލި ބެލުމުން އައީ “އެކްސިޑެންޓަލް” ކަމެއް ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ވުދާޅުވިއެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް