ަމާފަންނު މެދު ދާއިރާގެ ރައްޔިތުން ނިކުމެ މަގުމަތި ސާފުކޮށްފި
މާލޭގެ މާފަންނު މެދު ދާއިރާގެ ރައްޔިތުން ނުކުމެ ސަރަހައްދުގެ މަގުތައް ސާފުކޮށްފިއެވެ.
އެ ދާއިރާގެ ކައުންސިލަރ އަޒްރާ މޫސާގެ އިސްނެންގެވުމުގެ ދަށުން ކުރިއަށްދިޔަ މި ހަރަކާތުގައި އެ ހިސާބުގެ ގިނަ އަދަދެއްގެ ކުދިބޮޑު ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.
މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން އަޒްރާ ވިދާޅުވީ ކޮންމެ މަހެއްގެ ވެސް ދެވަނަ ހޮނިހިރު ދުވަހަކީ ދާއިރާގެ މަގުތައް ސާފުކުރާ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށާއި، މި ހަރަކާތް "ސާފު ރީތި މާފަންނު މެދު" މި ޝިއާރުގެ ދަށުން ކުރިއަށްދާނެކަމަށެވެ.
މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ދާއިރާގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އާލާކޮށް ޒިންމާ ނަގަން އަހުލުވެރި ކުރުންކަމަށް އަޒްރާ ވަނީ ވިދާޅުވެފައެވެ.
އަޒްރާގެ އިސްނެންގެވުމުގެ މަތިން ހިންގި މި ހަރަކާތަށް ގިނަ ބަޔަކު ދަނީ ތައުރީފްކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް