ޢަބްދުﷲ ހަމީދު އަނބުރާ ޚާރިޖީ ދާއިރާއަށް
އަބްދުالله ހަމީދު، (ޗީފް ހަމީދު)، ހާރިޖީ ދާއިރާގެ މަގާމަކަށް އައްޔަންކުރައްވައިފިއެވެ.
ހަމީދު ހާރިޖީ ދާއިރާގެ މަގާމެއް ފުރުއްވަން ފެއްޓެވީ ދިގު މުއްދަތެއް ވަންދެން އެދާއިރާއާއި ދުރުގައި އުޅުއްވުމަށްފަހުއެވެ.
އެނގިފައިވާ ގޮތުގައި ހަމީދު އައްޔަން ކުރެއްވީ އެމްބެސެޑަރ އެޓް ލާޖްގެ މަގާމަށެވެ. ރައީސް އޮފީހުން އޭނާ މި މަގާމަށް އައްޔަންކުރެއްވީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ.
ހަމީދު އެންމެ ފަހުން ހާރިޖީ ދާއިރާގައި މަސައްކަތް ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެއީ 2015 އިން 2018 ގެ ނިޔަލަށެވެ. އޭރު އޭނާ އަދާކުރެއްވީ ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ މަގާމެވެ.
މީގެ ކުރިން ހަމީދު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި 15 އަހަރު ދުވަހު ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ފުރުއްވާފައެވެ.
އޭގެ ފަހުން 2006 އާއި 2008 އާ ދެމެދު ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމާއި ސްޓޭޓް މިނިސްޓަރުގެ މަގާމު ވެސް ހަމީދު ފުރުއްވި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް