މިނިމަމް ވޭޖް ހޯދުމަށް ރިސޯޓް މުވައްޒަފުން ކަނޑުމަތީގައި އިހްތިޖާޖުުކުރަނީ
މުސާރައިގެ އެންމެ ދަށް މިންވަރު ނުވަތަ މިނިމަމް ވޭޖްފަދަ މުހިންމު ހައްގުތައް ހޯދުމަށް ރިސޯޓް މުވައްޒަފުން ކަނޑުމަތީގައި މުޒާހަރާ ކުރުމަށް ތައްޔާރުވެއްޖެއެވެ.
ބ.އަތޮޅުގެ ރިސޯޓްތަކުގެ މުވައްޒަފުންނާއި ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގުޅިގެން ކުރިއަށް ގެންދާ މި އިހްތިޖާޖް އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުގައެވެ.
މި އިހްތިޖާޖާއި ގުޅޭގޮތުން މައުލޫމާތު ދެމުން ޓީމްގެ ޖެނެރަލް ސެކެރެޓަރީ މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވީ، މުޒާހަރާގެ ބައިވެރިން ތިބޭނީ ބެނާތަކާއި ޕޯސްޓަރުތައް ހިފައިގެން ކަނޑުމަތީގައި ކަމަށެވެ.
މިގޮތަށް އަމަލުުކުރަން ނިންމީ ބ.އަތޮޅަކީ މޫދުގައި ކަންކަން ޕްރޮމޯޓްކުރުމަށް މަޝްހޫރު ސަރަހައްދަކަށް ވާތީކަމަށް މަޓޭ ފާހަގަކުރެއްވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް